ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރޭން: ފޮޓޯ/ރައްޔިތުންގެ މަޖިލިސް
ހަބަރު
27 Nov 2023 | 16:14
ފްލެޓް ދިނުން އެސީސީއަކަށް ނުހުއްޓުވޭނެ: އިބްރާހިމް ޝަރީފް

ފާއިތުވި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދީފައިވާ ފްލެޓު ހަވާލު ކުރުން ހުއްޓުވުމުގެ ޤާނޫނީ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިގެން ނުވާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުކަން ކުރައްވާ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާއި ގުޅިގެން މި ސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށް، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ އައު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ހާޒިރުކޮށް މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ޝަރީފް ވިދާޅުވީ، ސުޕްރީމް ކޯޓުގެ 2012/SEA/21 އިން އެނގޭ ގޮތުގައި ސަރުކާރުގެ މަސްއޫލިއްޔަތެއް އަދާކުރާ މިނިސްޓްރީއެއްގެ މެންޑޭޓެއްގެ ދަށުން ކުރަމުން ގެންދާ ކަމެއް ހުއްޓުވުމުގެ ބާރެއް އޭސީސީއަށް ލިބިގެން ނުވާކަމަށާއި އެހެން ނަމަވެސް އެ މައްސަލަ ބެލުމުގެ ކަންކަން އޭސީސީއަށް ކުރިއަށް ގެންދެވިދާނެކަމަށެވެ. 

އެކަމަކު އެކަން ހުއްޓުވުގެ ބާރު އެސީސީއަށް ލިބިގެން ނުވާކަން ސުޕްރީމް ކޯޓުގެ ޤަޒިއްޔާއިން އެނގޭ

އިބްރާހިމް ޝަރީފް 

"ގެދޮރުވެރިޔާ ސްކީމު"ގެ ނަމުގައި ކުރީ ސަރުކާރުން ހިންގި ފްލެޓު މަޝްރޫއުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމާއެކު، ސަރުކާރުން މަސައްކަތް ކުރަނީ އުސޫލުން ބޭރުން ކޮރަޕްޝަން އެކުލެވޭ ގޮތަށް ފްލެޓް ބަހައިލަން ކަމަށް ތުހުމަތުކޮށް އޭސީސީއަށް ބަޔަކު ވަނީ މައްސަލަ ހުށަހަޅައިފައެވެ. އަދި އެ މައްސަަލަތައް ހުށަހެޅުމާއެކު އޭސީސީން ވަނީ ފްލެޓު ދިނުން މަޑުޖައްސައިލުމަށް އަންގައިފައެވެ.

އެ މައްސަލާގައި އޭސީސީން ފުރަތަމަ އެންގީ ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު އެ ކޮމިޝަނުން ވަނީ ފްލެޓް ދިނުމުގެ މަސައްކަތްތައް އެއްކޮށް މަޑުޖައްސާލުމަށް އަންގައިފައެވެ. 

މިކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ، އޭސީސީގެ އެންގުމާ އެއްގޮތައް އެ މަަސައްކަތް ހުއްޓާލީ ކުރީ ސަރުކާރުން ކަމަށާއި މި ސަރުކާރުގެ ވިސްނުމަކީ އޭސީސީން އެފަދައިން އަންގާފައިވާތީ އެ އެންގުމަށް އިހުތިރާމުކުރުން ކަމަށެވެ.

ކޮމެންޓް
މީމް
ޢަނެމީހާގެ ހައްގަކަށް މިދުނިޔެމަތީއަރާގަނެވިދާނެ އަދި އޮތީކުރިޔަށް ؟؟؟؟
28 Nov 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.