މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މަސްވެރިކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ޓްވިޓާ
ހަބަރު
28 Nov 2023 | 11:12
މަސްވެރިންނަށް ނުދީ ހުރި ފައިސާ ހަމަޖައްސަން މަޝްވަރާކޮށްފި

 މަސްވެރިންނަށް ނުދީ ހުރި 170 މިލިއަން ރުފިޔާ ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އިސް މުއައްސިސުން މަޝްވަރާކުރައްވައިފި އެވެ.

އެ މަޝްވަރާތަކާއި ގުޅޭ ތަފްސީލު ހާމަކުރުމަށް ފިނޭންސް މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓްރީމްލައިން ޕްރޮސެސް ކުރުމާއި ކުރިއަށް އޮތްތަނުގައި މަސްވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއަރުވައި ތަރައްގީ ކުރުމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ހިޔާލު ބަދަލުކުރެވިފައި ވާނެކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި މަސް ކިރުމަށްފަހު، މަސްވެރިންނަށް ނުދީ ހުރި ފައިސާ އެ މީހުންނަށް ފޯރުކޮށްދިނުން އަވަސްކުރުމަށް ފިޝަރީސް މިނިސްޓްރީން ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފައެވެ. 

މީގެ އިތުރުން މަސްވެރިކަން ފުޅާކޮށް، މަސްވެރިކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހުރި ކަންކަމުގެ ތެރޭގައި މަސްވެރިން ބާނާމަސް ރައްކާ ކުރާނެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމާއި އިތުރު އައިސް ޕްލާންޓްތަކެއް ބިނާ ކުރުމަށް ވެސް މަޝްވަރާކުރެވިފައި ވާ ކަމަށް ފިނޭންސްއިން ވަނީ ހާމަކޮށްފަ އެވެ.

ހަމައެއާއެކު، އެ މަސައްކަތްތައް ފެށި ކުރިއަށް އޮތް 18 ވަރަކަށް މަސްތެރޭ، ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުމާއި، އެކަށީގެންވާ ވަރަށް އައިސް ޕްލާންޓުތަކުން ޚިދުމަތް ނުލިބޭ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު، މި މަހުގެ 21 ވަނަ ދުވަހު މިނިސްޓަރު އަޙުމަދު ޝިޔާމް ވަނީ މިފްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވާ މިފްކޯގެ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް އޮޅުންފިލުއްވައި، މިފްކޯއިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ސާފުކުރައްވާފައެވެ. 

މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ވާއިރު، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު މަސްވެރިކަމުގެ ސިޔާއަތު ކުރިއެރުވުމަށްޓަކައި އެންމެ އިސްކަންދީގެން ކުރައްވާނެ ގިނަ ކަންތައްތަކެއް ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ވަނީ ހިމަނުއްވާފައި ވެއެވެ.

އޭގެ ތެރޭގައި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި، އައިސް ޕްލާންޓުތައް އޮޕަރޭޝަނަށް ގެނައުމުގެ އިތުރުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމަށް ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، ޗައިނާ ފަދަ ގައުމުތަކަށް ދިވެހި އުފެއްދުންތައް އެކްޕޯޓު ކުރުމަށް މާކެޓު ހޯދުމާއި، މަސްވެރިކަން ޕްރޮމޯޓުކުރާނެ އެޖެންސީ އެއް ޤާއިމްކޮށް، މިފްކޯގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
08 Jul 2026
ފްރާންސާ މޮރޮކޯ މެޗް އިންސާފްކުރާނީ އާޖެންޓީނާގެ ރެފްރީން
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުން ވަނީ ފީފާއަށް ފާޑުކިޔާފައެވެ
08 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނު، ފޮރިން މިނިސްޓްރީން ސަބަބު ބުނެދީފި
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ހާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
08 Jul 2026
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް
އާޖެންޓީނާގެ އެފްއޭއިން މަނީ ލޯންޑަރ ކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ވަރލްޑްކަޕަށް ތައްޔާރުވަމުންދިޔައިރު، ޓާޕިއާގެ މައްޗަށް އެކިއެކި ކަންކަމުގައި ވަނީ ތުހުމަތުތައް ކުރެވިފައެވެ
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.