އިސްލާމީ ވުޒާރަގެ ނައިބަކަށް ހަމަޖެއްސި އަޙްސަން އިހްސާން، މުފްތީ މެންކާއެކު/ ފޮޓޯ: އިސްލާމީ ވުޒާރާ
ހަބަރު
28 Nov 2023 | 09:55
އިސްލާމީ ވުޒާރާގެ ނައިބަކަށް އަޙްސަން ހަމަޖައްސަވައިފި

އިސްލާމީ ކަންކަމާއި ބެހޭ ވުޒާރަގެ ވަޒީރުގެ ނައިބަކަށް އަޙްސަން އިޙްސާން ހަމަޖައްސަވައިފި އެވެ.

ހދ. ވައިކަރަދޫ އަށް ނިސްބަތްވާ އަޙްސަން އަކީ ރާއްޖޭގެ ގިނަ ދީނީ ޢިލްމުވެރިން ތަކެއް އެކުވެގެން އުފައްދައިފައިވާ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗާ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ މިހާރުގެ ރައީސެވެ. ކުރިން އެ ޖަމިއްޔާގެ ނައިބު ރައީސްކަން ވެސް އަޙްސަން ކުރައްވައިފައިވެ އެވެ.

އައިއޯސީ އަކީ މިހާރުގެ އިސްލާމިކް މިނިސްޓަރުގެ އިސްނެންގެވުމުގެ ދަށުން އުފައްދައިފައިވާ ޖަމުއިއްޔާއެކެވެ.

މި ޖަމުއިއްޔާގެ ކަންކަމުގައި އިސްކޮށް އުޅިއްވުމުގެ އިތުރުން އަޙްސަން އަކީ ނޫސްވެރިކަމުގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

އެ ގޮތުން އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުކަން ވެސް ކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ދީނީ ކަންކަމަށް އާންމުން ހޭލުންތެރި ކުރުވާ އެފަދަ ހަރަކާތްތައް ހިންގާ ބައެއް ޖަމިއްޔާ ތަކުގައި އިސް ދައުރެއް އަހްސަން ވަނީ އަދާކުރައްވާފަ އެވެ.

މީގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގައި މާކެޓިން އަދި އެ ކޯޕަރޭޝަންގެ މީޑިއާގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރު އެކުލަވާލާ، އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ވުޒާރާތަކުން ވެސް އެ ވުޒާރާތަކުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.