ރައީސް ޑރ މުޙައްމަދު މުޢިއްޒު ކެބިނެޓާއި ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 Nov 2023 | 14:31
މިނިސްޓަރުންގެ ނައިބުންގެ މަޤާމަށް 26 ބޭފުޅަކު އައްޔަނު ކުރައްވައިފި

ރައީސް ޑރ މުޙައްމަދު މުޢިއްޒު މިނިސްޓަރުންގެ ނައިބުންގެ މަޤާމަށް 26 ބޭފުޅަކު އައްޔަނު ކުރައްވައިފިއެވެ.

މިނިސްޓްރީ ތަކުގެ ނައިބުންގެ މަޤާމަށް އައްޔަނު ކުރައްވައިފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި ޞާލިޙް ޙުސައިނާއި, ޢާއިޝަތު ޝަހުދާ ޢަބްދުالله، އަޙްމަދު ސާލިމް ސަޢީދު އަދި މުޙައްމަދު ޢައިޝްއެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަޤާމަށް ހަމަޖެއްސެވި އިބްރާހީމް ޔޫސުފްފުުޅާއި، މުޙައްމަދު ޔާމީން އަޙްމަދު ހިމެނެއެވެ. ހަމަމިއާއި އެކު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ނައިބުގެ މަޤާމަށް، އަޙްމަދު ޝާފިޢު އަދި ޙައްމާދު ޢަބްދުލްކަރީމް ވަނީ ހަމަޖައްސަވައިފައެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބުގެ މަޤާމަށް، ޙައްވާ ލަޠީފާއި ޢަލީ އަޙްސަން އިޙްސާން ވަނީ ހަމަޖައްސަވައިފައެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަޤާމަށް ސުލްޠާން ރާމިޒް އަދި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް، އަޙްމަދު ސާއިދު މުޞްތަފާ ވެސް ވަނީ ހަމަޖައްސަވައިފައެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަޤާމަށް، ޙައްސާނު ޙަމީދު، މުޙައްމަދު ރިޝްމީ އަދި އަޙްމަދު ޢާލީ ވަނީ ހަމަޖައްސަވައިފައެވެ. އަދި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ނައިބުގެ މަޤާމަށް، ޙުސައިން ޝިފާޒް، ފާޠިމަތު ފަޒުލާ ރަޝީދު، އާމިނަތު ޝަޖަން އަދި ޢާއިޝަތު ނާޡިމާ ވަނީ އައްޔަނުކުރައްވައިފައެވެ.

މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަޤާމަށް، މަލްޝާ ޝަރީފް އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް މުޙައްމަދު ޢިމްރާން ޙަސަންވަނީ އައްޔަނުކުރައްވައިފައެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބުގެ މަޤާމަށް، އާމިނަތު ނަދާ މުޙައްމަދު، ޛޫޝާން ކަމާލުއްދީން ވަނީ އައްޔަނުކުރައްވައިފައެވެ. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބުގެ މަޤާމަށް، މުޙައްމަދު ޢަވާދު އަޔާޟް އަދި މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބުގެ މަޤާމަށް ޙައްސާނު މުޙައްމަދު އަދި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު މަޤާމަށް، ފާޠިމަތު އިފާޝާ ވަނީ ހަމަޖައްސަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.