ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ --ފޮޓޯ/ސްޓެލްކޯ
ހަބަރު
28 Nov 2023 | 14:36
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އެކުންފުނީގެ ޖެނެރަލް މެނޭޖަރ ފަހުމީ!

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ސ. ހިތަދޫ، އަސަރީގެ، ހުސައިން ފަހުމީ އައްޔަންކުރައްވައިފިއެވެ. 

ޓްރޭނިންގ އޮފްސަރެއްގެ ގޮތުގައި ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގެންނެވީ 1998 ވަނައަހަރުއެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާފައެވެ. 

އެގޮތުން ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމު ފުރުއްވާފައިވާއިރު، އޭނާ ވަނީ ފިނޭންސްއާއި ބިލިންގގެ ދާއިރާއާއި ޕްރޮކިއުމަންޓާއި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ ފަދަ އެތައް ދާއިރާއެއްގައި ސްޓެލްކޯގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާ ބޮޑެތި ކުރިއެރުން ތަކެއް ހޯއްދަވާފައެވެ. 

ފަހުމީގެ ބެއްލެވުމުގެ ދަށުން ސްޓެލްކޯގައި ހިންގުނު އެންމެ ކާމިޔާބު އެއް މަސައްކަތަކީ ގޮތުގައި ހުޅުމާލޭ 2ވަނަ ފިޔަވަހީގައި ބިނާކުރި ސްޓެލްކޯ ޓަވަރުތަކުގެ މަސައްކަތެވެ. ސަރުކާރު ކުންފުނި ތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓަވަރު ތަކުގެ މަސައްކަތް ނިންމާ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދެވުނު ކުންފުޏަކަށް ސްޓެލްކޯވާއިރު، އެކަން ކުރިއަށް ގެންގޮސްފައި ވަނީ ފަހުމީގެ މޭސްތިރި ކަމުގެ ދަށުގައެވެ.

މިހާތަނަށް ސްޓެލްކޯގައި 25 އަހަރު ހޭދަކުރައްވާފައިވާ ފަހުމީ މިއަދު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް ޕީސީބީން ވަނީ ހަމަޖައްސާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް