އެންވައިރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް. ފޮޓޯ: ސްޓެލްކޯ
ހަބަރު
29 Nov 2023 | 09:26
“މަގޭ ސޯލާ” ޕްރޮގްރާމްގެ ސަބަބުން ކަރަންޓަށް ކުރާ ޚަރަދު ކުޑަވެގެންދާނެ: މިނިސްޓަރު ޠާރިޤް

“މަގޭ ސޯލާ” ޕްރޮގްރާމްގެ ސަބަބުން ކަރަންޓަށް ކުރާ ޚަރަދު ކުޑަވެގެންދަނާ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ އަމިއްލަ މީހުންގެ ގޭގޭގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު އުފައްދާ ޕްރޮގްރާމް އިފްތިތާޙް ކުރައްވައި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިހަފްލާގައި މިނިސްޓަރު ޠާރިޤް ގެ އިތުުރުން ސަރުކާރުގެ ބައެއް އެހެން މިނިސްޓަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެންވައިރަމެންޓް މިނިސްޓްރީ އިން ބުނެފައިވަނީ މި ޕްރޮގްރާމްގެ އަމާޒަކީ ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށެވެ. އަދި މި ޕްރޮގްރާމް ހިންގުމަށް ރާވާފައި ވަނީ ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކާ އަދި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެން ކަމަށެވެ.

މީގެއިތުރުން އިއްޔެ އިފްތިތާޙް ކޮށްފައިވަނީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ކަމަށާއި، މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ގޭބިސީތަކަށް ކަމަށްވެސް އެމިނިސްޓްރީ އިން ބުނެފައިވެއެވެ. އަދި މި ފިޔަވަހީގެ ދަށުން ޖުމްލަ ތިން މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށްދެވޭނެ ކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

“މަގޭ ސޯލާ” ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެންވައިރަމެންޓް މިނިސްޓަރ ޠާރިޤް ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ މީހުންނަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، އިންސްޓޯލްމަންޓް އުސޫލުން ސޯލާ ޕީވީ ގަތުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މި ނިޒާމުތައް ޤާއިމްކުރަނީ ނެޓް މީޓަރިންގެ އުސޫލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސޯލާ ޕީވީ ނިޒާމުތައް ހަރުކުރާނީ ގޭގޭގެ ފުރާޅުގައި ކަމަށް ޠާރިޤް ވިދާޅުވިއެވެ.

ރާއްޖޭގައި ހަކަތަ އުފެއްދުމަށް ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރަމުން އަންނަކަމަށާއި، ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ރާއްޖެ އަށް އެތެރެކުރުމަށް އަހަރަކު 800 މިލިއަން ޑޮލަރު ދައުލަތުން ހަރަދުކުރާ އިރު، ފިއުލް ސަބްސިޑީގެ ގޮތުގައި ވެސް އަހަރަކު 2.3 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކުރާ ކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވި އެވެ.

ރާއްޖެ ކުރިއަރައިގެން ދާއިރު، ހަކަތަ އަށް ހޭދަކުރާ މިންވަރު ކުޑަކުރުމަކީ ހުރިހާ އެންމެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ ހަކަތަ އަށް މި ބޭނުންކުރާ ފައިސާ ތަރައްޤީގެ އެހެން ކަމަކަށް ހަރަދުކުރެވޭ ނަމަ، މާ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ކަމަށްވެސް ޠާރިޤް ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގެ އެންމެފަހު ނަތީޖާ އަކީ އާންމުން ކަރަންޓް ބިލަށް ކުރާ ހަރަދު ވެސް ކުޑަކުރެވުން." 

މިނިސްޓަރ ޠާރިޤް 

ގޭބިސީތަކުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އަދި ސޯލާ ޕެނަލް ހަރުކުރުމުގެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ އާ ސަރުކާރުގެ "ހަފްތާ 14"ގައި ހިމެނޭ ކަމެކެވެ.

ކޮމެންޓް
ގިތިފޭރު
ކަރަންޓު ބިލުގައި ހިމަނައިގެން ތިނަގާ ކުނީގެ ފީނެގުން ހުއްޓާލާ. އެހެން ގޮތެއް އެކަމަށް ހޯދާ. އެ ލަންޔާ ފެން މީޓަރަށްލާ.
30 Nov 2023
ގުޅޭ ލިޔުންތައް
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
08 Jul 2026
ފްރާންސާ މޮރޮކޯ މެޗް އިންސާފްކުރާނީ އާޖެންޓީނާގެ ރެފްރީން
ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ދަނޑުމަތީ ހުރިހާ އޮފިޝަލުން އާޖެންޓީނާއިން ކަނޑައެޅުމާ ގުޅިގެން ސަޕޯޓަރުން ވަނީ ފީފާއަށް ފާޑުކިޔާފައެވެ
08 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނު، ފޮރިން މިނިސްޓްރީން ސަބަބު ބުނެދީފި
އިރާންގެ ސުޕްރީމް ލީޑަރ އަވަހާރަވުމާގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޚާރިޖީ ވަޒީރުގެ ތައުޒިޔާގެ މެސެޖެއް އިރާން ގެ ހާރިޖީ ވަޒީރަށް ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
08 Jul 2026
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ މައްސަލަތަކެއް
އާޖެންޓީނާގެ އެފްއޭއިން މަނީ ލޯންޑަރ ކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ވަރލްޑްކަޕަށް ތައްޔާރުވަމުންދިޔައިރު، ޓާޕިއާގެ މައްޗަށް އެކިއެކި ކަންކަމުގައި ވަނީ ތުހުމަތުތައް ކުރެވިފައެވެ
08 Jul 2026
އެކައުންޓިންގ ދާއިރާ ކުރިއެރުވުމަށް ދެފަރާތުން އެއްބަސްވުން
އެލައިޑް އިން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދާއިރާގެ ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާއި، އިލްމީ ދިރާސާތައް ހިއްސާކުރުމުގެ އިތުރުން، އެކައުންޓިންގ ދާއިރާގައި އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން ކަމަށެވެ.
08 Jul 2026
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ޝިޕެއް ތުރުކީގައި ބަނދަރުކުރުން މަނާކޮށްފި
ޖުލައި މަހުގެ 5 އިން 15 އަށް ކުރިއަށްގެންދާ މި ދަތުރަކީ ގްރީސްގެ އެތެންސުން ފުރައިގެން ގްރީސްގެ ރަށްތަކަށާއި ޑަލްމޭޝިއަން ކޯސްޓަށް ދަތުރުކުރުމަށް ރޭވިފައި އޮތް ދަތުރެކެވެ. މި ދަތުރުގެ ތެރެއިން ތުރުކީގެ ކުޝަދާސީ ބަނދަރަށާއި އިސްތަންބޫލްގައި ދެ ދުވަހު މަޑުކުރުމަށް ފަހު، ދަތުރު ނިންމާލުމަށް ހަމަޖެހިފައި އޮތީ އިޓަލީގެ ޓްރިއެސްޓޭ އަށެވެ.
08 Jul 2026
ވޯލްޑް ކަޕަށް ބޮޑު ހޭދައެެއް؛ ކޮންމެ ޓީމަކަށް ލިބޭނީ ކިހާވަރެއް؟
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިނާމު ފައިސާ އިތުރުކުރުމަށް ފީފާއިން ނިންމާފައިވާއިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ މެދުގައި 871 މިލިއަން ޑޮލަރު ބަހާލެވޭނެއެވެ. އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ޖުމްލަ އިނާމު ފައިސާގެ އަދަދަކީ 440 މިލިއަން ޑޮލަރެވެ.
08 Jul 2026
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުން 2000އިން މަތީގައި
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.