ރައީސް ޔާމީންގެ ޕާޓީ އުފައްދަން ހުއްދަ ދިނުން-- ފޮޓޯ/ވޮއިސް
ހަބަރު
29 Nov 2023 | 15:03
ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފް އުފައްދަން ހުއްދަ ދީފި!

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ އައު ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް, ޕީއެންއެފް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފިއެވެ. 

ރައީސް ޔާމީންގެ އައު ޕާޓީގެ މުއައްސިސަކީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުالله ޔާމީނެވެ. 

ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެފައިވާ ގޮތުގައި، މިހާރުވެސް އެ ޕާޓީއަށް މެންބަރުން ވައްދަން ފޯމު ފުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި އެ ޕާޓީގެ އަމާޒަކީ 24 ގަޑި އިރުތެރޭގައި 3000 މެންބަރުން ހަމަކޮށް ފޯމުތައް އީސީއަށް ހުށަހެޅުން ކަމަށްވެސް މަލީހު ވިދާޅުވި އެވެ. އެގޮތުން ޕީއެންއެފް ވާނީ އެ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑް މުގުރާލާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން، ކުރިއަށް އޮތް މާލެސިޓީ ގެ މޭޔަރ ހޮވުމަށް ބާއްވާ އިންތިޚާބާއި އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިޚާބުގައިވެސް އެ ޕާޓީން ވާދަ ކުރާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފަ އެވެ. 

ޕީޕީއެމް/ ޕީއެންސީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ރައީސް ޔާމީން އާއި ދުރަށް ޖެހިވަޑައިގެން، ކަންކަމުގައި އެމަނިކުފާނުގެ މަޝްވަރާ ނުހޯއްދަވައި ނިންމެވުންތައް ނިންމަވަމުންދާ ކަމަށް އެމަނިކުފާނަށް ދެކެވޭތީ ކަމަށް ވިދާޅުވެ، ރައީސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފައްދަވާފައި ވާއިރު، ޕީޕީއެމް ޕީއެންސީގައި ތިއްބެވި އެމާނިކުފާނުގެ ސަޕޯޓަރުން އެޕާޓީއާ ގުޅުމަށް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް