ރައީސް ޑރ.މުއިއްޒު ތުރކީގެ ރައީސާއި ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ޓްވިޓާ
ހަބަރު
30 Nov 2023 | 08:06
މި ފެށުނީ ދިވެހިރާއްޖެއާއި ތުރުކީ އާއި ދެމެދު އޮތް ގުޅުމުގެ ގެ އާ ބާބެއް: ރައީސް ޑރ.މުއިއްޒު

ފެށިގެން މިދިޔައީ ދިވެހިރާއްޖެއާއި ތުރުކީ އާއި ދެމެދު އޮތް ގުޅުމުގެ ގެ އާ ބާބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ވެރިކަމާ ހަވާލު ވެވަޑައިގަތުމަށްފަހު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވިކަން ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައެވެ.

"ދިވެހި ރާއްޖެއާއި ތުރުކީ އާއި ދެމެދު އުފެދިގެން މި ދިޔަ މި ބާބުގެ ނަތީޖާ އެއްގެ ގޮތުން މިހާރަަށްވުރެ ފުޅާ ދާއިރާއެއްގައި ދެގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިވެ އެއްގައުމުން އަނެއްގައުމަށް އެއްބާރުލުން ދެވިގެންދާނެ ކަމުގެ ޔަގީން ކަން އެބަ އޮތް"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ކުރެއްވި ޓްވީޓް ގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ދިވެހި ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ތުރުކީ އަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއެކު މުހިއްމު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ތުރުކީގައި ދިރިއުޅެމުން ގެންދާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެމަނުކުފާނުގެ މިދަތުރުފުޅުގައި ތުރުކީގައި ދިވެހި ރާއްޖޭގެ އެންބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ރައީސް ގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ފަސްޓުލޭޑީ ސާޖިދާ މުޙައްމަދާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.