އެމްއޭސީއެލްގެ އައު އެމްޑީ ސައިޓް ވިސިޓް ކުރެއްވުން-- ފޮޓޯ/އެމްއޭސީއެލް
ހަބަރު
30 Nov 2023 | 10:29
އެމްއޭސީއެލްގެ އައު އެމްޑީ, އެއަރޕޯޓުގެ ހާލަތު ދެނަގަތުމުގެ މަސައްކަތްތައް ބައްލަވާލައްވައިފި!

އެމްއޭސީއެލްގެ އައު މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝަރީފް މުހައްމަދު އެއަރޕޯޓުގެ ހާލަތު ދެނެގަތުމަށް ސައިޓު ވިސިޓެއްކުރައްވައިފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ ގެ މަގާމަށް ޝަރީފް ޢައްޔަނު ކުރެވުނީ، މި މަހުގެ 28 ވަނަ ދުވަހުއެވެ. 

މަގާމަށް އައްޔަނު ކުރެވުމާއި އެކު، މަސައްކަތްތަކާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހު އެމްޑީ ޝަރީފް އެއަރޕޯޓުގައި ބިނާކޮށްފައިވާ ވަސީލަތްތައް ހުރި ސަރަހައްދު ތަކަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ބައްލަވާލާފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

އެގޮތުން އައު ޕެސެންޖާރ ޓާމިނަލްގެ މަސައްކަތާއި، އައު ފިއުލް ފާމާއި އެނޫންވެސް ހިންގަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްއޭސީއެލްގެ އައު އެމްޑީގެ ޝަރީފަކީ، ދައުލަތުގެ ޚިދުމަތުގައި 36 އަހަރު ހޭދަކުރައްވާފަައިވާ ބޭފުޅެކެވެ. މި ވީ 36 އަހަރުތެރޭގައި ޝަރީފުވަނީ ސަރުކާރުގެ އެކި އިސް މަގާމުތައް ފުރުއްވާފައެވެ.

އެގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ކަމާއި، ފިޔުލް ސަޕްލައިސް މޯލްޑިވްސް ގެ ޗެއާމަން ކަމާއި، މޯލްޑިވްސް ގޭސްގެ ޗެއާމަން ކަމާއި އެލައިޑް އިންޝުއަރެންސްގެ ޗެއާމަންކަންވެސް އެބޭފުޅާ ވަނީ ކުރައްވާފައެވެ. 

މީގެ އިތުރުން އެމްޕީއެލްގެ ސީއީއޯ ކަމުގެ މަގާމާއި، އެސްޓީއޯގެ ބޯޑް އޮފް ޑިރެކްޓަރ ގެ މަގާމުވެސް ޝަރީފް ވަނީ ފުރުއްވާފައެވެ. 

އެންމެ ފަހުން އަދާކުރެއްވީ އޮސްޓްރޭލިއާގައި ހުންނަ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެއެއްގެ މަގާމެވެ. ޝަރީފްއަކީ ކޮމާސްގެ ދާއިރާއިން މާސްޓާޒް ހާސިލުކުރައްވާފައިވާ މީހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.