ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް. ފޮޓޯ:ވޮއިސް
ހަބަރު
30 Nov 2023 | 10:37
ކިޔަވައިދިނުމުގެ ދާއިރާގެ ކޯސްތައް އޮންލައިންކޮށް ހިންގޭ ގޮތައް ނިންމީ ރަނގަޅަށް: ސްޕްރީމް ކޯޓް

ކިޔަވައިދިނުމުގެ ދާއިރާގެ ކޯސްތައް އޮންލައިންކޮށް ހިންގޭގޮތައް ހައިކޯޓުން ނިންމައިފައިވަނީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ބުނެފިއެވެ.

ކިޔަވައިދިނުމުގެ ދާއިރާގެ ކޯސްތައް އޮންލައިން ކޮށް ކިޔަވައި ނުދެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން މިދިޔަ އަހަރު ގައިޑްލައިނެއް ހެދިއެވެ.

އެ ގައިޑްލައިންގެ އެ ބައި ބާތިލްކުރަން މާލޭގައި ހިންގާ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން ހައި ކޯޓަށް ހުށަހެޅި އެވެ. އަދި މައްސަލަ ނިމެންދެން ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭނެ ކަމަށް އެ ގައިޑްލައިންގައި އޮތް ބަޔަށް އަމަލުކުރުން ފަސް ކުރަން ހައި ކޯޓުން އަމުރުކުރި އެވެ.

ހައިކޯޓުގެ އެޙުކުމާއި އެކު ދައުލަތުން ވަނީ އެމައްސަލަ އިސްތިއުނާފް ކުުރުމަށް ވަނީ ސްޕްރީމް ކޯޓަށް ހުށައަޅައިފައެވެ. އެމައްސަލައިގެ އަޑުއެހުމެއް އިއްޔެ ބާއްވައިފައިވާއިރު އެ އަޑުއެހުމުގައި ސްޕްރީމް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ ވަގުތީ އަމުރު ނުނެރެފިނަމަ ޓީޗިން ދާއިރާއިން އޮންލައިންކޮށް ކިޔަވަން އެދޭ ދަރިވަރުންނަށް ފުރުސަތު ގެއްލި، މަންދު ކޮލެޖަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

އަދި އެކަމަކީ ގިނަ އަދަދެއްގެ ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށްވާތީ ވަގުތީ އަމުރެއް ނެރުމަކީ އެ ދަރިވަރުންގެ މަސްލަހަތުގައި ވެސް ކުރަންޖެހޭ ކަމެއް ކަމަށް ސްޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވެ އެވެ.

ވަގުތީ އަމުރު ނުނެރެފިނަމަ މަންދު ކޮލެޖަށް ލިބޭނެ ގެއްލުން އަންދާޒާ ނުކުރެވޭއިރު، އެ އަމުރު ނެރުނަސް ދައުލަތަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން ބުނެދެވިފައިނުވާ ކަމަށް ޙުކުމުގައިވެ އެވެ. އެހެންވެ، ހައި ކޯޓުން ގޮތެއް ނިމެންދެން އެ ވަގުތީ އަމުރު ދަމަހައްޓަން ޖެހޭ ކަމަށް ޙުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.

މިދިޔަ އަހަރު އެމެކިޔުއޭ އިން ހެދި ގައިޑްލައިންގެ ދަށުން ޓީޗިންގެ އިތުރުން ޑޮކްޓަރު ކަމުގެ ކޯހާއި ޑެންޓިސްޓްރީ ކޯހާއި މަސައްކަތްކުރުމަށް ހާއްސަ ލައިސެންސެއް ބޭނުންވާ ހެލްތު ސައިންސަސް ކޯހާއި ނާސިން ކޯހާއި ޤުރުއާން އަދި އެއާ ގުޅޭ ދާއިރާތަކާއި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި އަދި މިނޫންވެސް ދާއިރާތަކުގެ ކޯސްތައް އޮންލައިން ކޮށް ކިޔަވައިނުދެވޭނެ ގޮތަަައް ވަނީ ބަދަލުކޮށްފައެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް