ފިނޭންސް މިނިސްޓްރީ މީރާ އަދި ޕީސީބީގެ އޮފީސް. ފޮޓޯ:ވޮއިސް
ހަބަރު
30 Nov 2023 | 13:14
ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ރަނގަޅު ކުުރުމަށް ކޮންސަލްޓަންޓަކު ހޯދަނީ

ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާޙްކޮށް ހިންގުން ރަނަގަޅު ކުރުމަށް ކޮންސަލްޓެންޓަކު ހޯދަން މާލިއްޔަތާއި ބެހޭ ވުޒާރާއިން އިޢްލާނުކޮށްފި އެވެ.

އެ އިޢްލާނުގައިވާ ގޮތުން، ކޮންސަލްޓެންޓަކު ހޯދަނީ ސަރުކާރު ހިއްސާވާ، ސްޓޭޓް އޯން އެންޓަޕްރައިޒަސް (އެސްއޯއީ) ތަކުގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްޤީ ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ބީލަން އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށް އެއިޢްލާނުގައި ބުނެފައިވެއެވެ.

އެގޮތުން ފުރަތަމަ މަރުހަލާގައި ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަނެއް ހަދާނެ އެވެ. އެ އިވެލުއޭޝަންގައި 80 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތެއް ކޮންސަލްޓެންޓެއްގެ ގޮތުގައި ހޮވާނެ އެވެ.

މިކަމަށް އެދި ޓީއޯއާރް ހުށަހަޅަން ޖެހެނީ އަންނަ އަންގާރަ ދުވަހުގެ ކުރިންނެވެ.

ސަރުކާރުގެ ޚިއްސާވާ 32 ކުންފުންޏެއް އޮތް އިރު އޭގެ ތެރެއިން ގިނަ ކުންފުނިތަކަކީ، ގެއްލުމުގައި ނުވަތަ ވަރަށް ކުޑަ ފައިދާއެއްގައި ހިންގާ ކުންފުނިތަކެވެ.

މި ސަރުކަރުން ވެސް ވަނީ ވިއްސަށް ވުރެ ގިނަ ކުންފުނިތައް ހިންގުމަށް މެނޭޖިން ޑިރެކްޓަރުން ހަމަޖައްސައިފަ އެވެ.

.މި ވަގުތު ސަރުކާރު ހިއްސާވާ 32 ކުންފުނީގައި 33،000 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.