ޕީޖީ ޝަމީމް--
ހަބަރު
30 Nov 2023 | 14:59
އެފްއޭއެމް އިން މާލީ ލިޔުން ބަލަހައްޓާފައި ހުރީ އެކަން ކުރަން ޖެހޭ ގޮތަކަށް ނޫން: ޕީޖީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ރައީސް ބައްސާމް އަދީލް ޖަލީލާއި އެއިދާރާގެ އެހެން ވެރިންނަށްވެސް ދައުވާ ކުރެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ މިއަދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެފްއޭއެމްގެ މައްސަލައިގައި މިހާތަނަށް ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށާާއި އޭގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުން ލިބޭ މައުލޫމާތު ހިމެނޭކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުން އަންނައިރު، ތަހުގީގަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ވެސް އެ އިދާރާއިން ފާހަގަ ކުރިއެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ ކުރިއަށް އޮތް ހަފްތާއެއް ދެ ހަފްތާއެއް ތެރޭގައި އެ މައްސަަލައިގައި ވެސް ކޯޓަށް މައްސަލައެއް ވެއްދޭ ވަރަށް އަޅުގަނޑުމެންނަށް ހެކި ހޯދިދާނެ ކަމަށް، އެއީ އަޅުގަނޑުމެންގެ އުންމީދަކީ، މި މައްސަލަ ބާރަށް ކުރިއަށް އެބަދޭ،"

 ޝަމީމް ވިދާޅުވި އެވެ.

އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށާއި މައްސަލަ ދައުވާ ކުރަން ފޮނުވާނެ ކަމަށްވެސް ޕީޖީ ޝަމީމް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޕީޖީ އޮފީހުން ބުނީ އެފްއޭއެމް އިން މާލީ ކަންކަމުގައި ލިޔުން ބަލަހައްޓާފައި ހުރީ އާންމު ގޮތެއްގައި އެކަން ކުރަން ޖެހޭނެ ގޮތަކަށް ނޫން ކަމަށްވާތީ ފައިނޭންޝިއަލް ކްރައިމާ ގުޅޭ މި ކަހަލަ މައްސަލަތަކުގައި ކަންކަން ހޯދަން، ވަގުތު ނަގާނެ ކަމަށެވެ.

ފުލުހުން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށްވަނީ ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއް ގެންގޮސްފަ އެވެ.

ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މީގެ ކުރިން އެފްއޭއެމް އިން ނެރުނު ބާޔާނެއްގައި ބުނެފައިވަނީ އެފްއޭއެމަށް ލިބިފައިވާ އެއްވެސް ފައިސާއަކަށް އެއިދާރާއަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި، މިއީ ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން ބަޔަކު ކޮށްގެން އުޅޭކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.