ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
30 Nov 2023 | 23:55
ބޭރުގެ އަސްކަރީ އެއްވެސް ނުފޫޒެއް ރާއްޖޭގައި އޮންނާކަށް ބޭނުމެއް ނޫން: ރައީސް ޑރ.މުއިއްޒު

އަސްކަރީ އެއްވެސް ނުފޫޒެއް ރާއްޖޭގައި އޮންނާކަށް ބޭނުންނުވާ ކަމަށާއި ދިވެހިން ބޭނުންވަނީ މިނިވަން ކަމާއިއެކު އަމިއްލަ ގައުމުގެ މުސްތަގުބަލު ބިނާ ކުރަން ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ބްލޫމްބަރގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މި ބަސްދީގަތުމުގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެއްވެސް ޤައުމެއްގެ އަސްކަރީ ނުފޫޒެއް ރާއްޖޭގައި އޮންނަން ބޭނުން ނުވާ ކަމަަށާއި މީގެ ބަދަލުގައި ދިވެހި ރާއްޖެއަށް ބޭނުންވަނީ އެހެން ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ކަމަށެވެ.

"އަސްކަރީ އެއްވެސް ނުފޫޒެއް މިތަނުގައި އޮންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން އެދެނީ ހުރިހާ ޤައުމެއްގެ އެހީތެރިކަމާއި އެއްބާރުލުން"

ރައީސް ޑރ.މުހައްމަދު މުއިއްޒު

ދިވެހި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި މެދު އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ މިހާރުވެސް އިންޑިއާ ސަރުކާރާއެކު މިމައްސަލަ އާއި ގުޅީގެން މަޝްވަރާތައް ފަށާފައިވާކަމަށެވެ. އަދި އިންޑިއާގެ ހައި ކޮމިޝަނާއެކު ކާމިޔާބު ބައްދަލުވުންތަކެއްވެސް ބޭއްވިފައި ވާކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އިންޑިއާގެ 75 ސިފައިން އަނބުރާ ގެންދިއުމަކީ އެ ގައުމަށް އުނދަގޫކަމެއް ނޫން ކަމަށެވެ. އަދި އިންޑިއާގެ ސިފައިން ރާއްޖޭގައި ކުރަން ތިބި މަސައްކަތް ތަކަށް ދިވެހީން އައްޔަނު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި މައްސަލައިގެ ސަބަބުން އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ. އެންމެ މުހިންމު ކަމަކީ ދިވެހި ރާއްޖެ މިނިވަންކަންމަތީ ދެމިއޮތުން ކަމަށާއި މި ފަދައިން ގައުމު ދެމިއޮތުމަށް ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ވެސް އިންޑިއާއިން އިހުތިރާމް ކުރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ،އެހެން ގައުމު ތަކުގެ މެދުގައި ހިނގާ ކޯޅުންތަކުގެ ތެރެއަށް ނުވަންނާނެ ކަމަށާއި ބައިނަލްއަޤުވާމީ ކޯޅުންތަކުގެ ތެރެއަށް ވަނުމަށް ރާއްޖެއަކީ ކުޑަ ގައުމެއްް ކަމަށެވެ. އަދި ރާއްޖެއިން ކޮންމެ ގައުމެއްގެ މިނިވަންކަމަށް އިހުތިރާމު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.