ހުކުރު ޚުތުބާ އަޑުއަހަން ބަޔަކު މިސްކިތުގައި-- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
ދީން
01 Dec 2023 | 13:37
"އަނެކާގެ ހުރި ޢައިބުތަކުގެ ވާހަކަދައްކަން ވަގުތު ބޭކާރުނުކޮށް، އަމިއްލަ ނަފްސާމެދު ވިސްނުމަށް ވަގުތު ހުސްކުރޭ!"

އެހެން މީހުންގެ ކިބައިގައި ހުރި އައިބުތަކާއި، އުނި ކަންތައްތަކުގެ ވާހަކަ ދެއްކުމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ނަފްސާމެދު ވިސްނުމަށް ވަގުތު ހުސްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. 

"ގައުމު އިސްލާހު ވުން އޮތީ ނަފްސުތައް އިސްލާހު ވެގެންނެވެ" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، ދިވެހި މުޖުތަމައު އިން ފެންނަމުންދަނީ އިސްލާމްދީނާއި އެ ދީނުގެ ރިވެތި އާދަކާދަ އާއި ޚިލާފް ކަންކަން ކަމަށެވެ. 

އެގޮތުން މުޖުތަމަޢުގައި ހިންގާ، ވައްކަމާއި، ފޭރުމާއި، ބަދުއަހުލާގީ އަމަލުތަކާއި، ފާހިޝް ކަންކަމާއި މާރާމާރީ ފަދަ ނުބައި ކަންކަން މުޅި މުޖުތަމައުއިން ފެންނަމުންދާ ކަމަށާ، އަދި އެކަންކަން އެހެން ވަނީ ކީއްވެތޯ ސުވާލުކޮށްލަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ، އެއްވެސް މުޖުތަމަޢު އަކީ އޭގެ ޒާތުގައި ގޯސް ވެގެންދާ ތަނެއް ނޫން ކަމަށާ، އެހެނެއް ކަމަކު ގޯސްވެގެންދަނީ އެތަނެއްގައި ދިރިއުޅެމުންދާ އިންސާނުންކޮށް އުޅޭ ޢަމަލުތައް ކަމަށެވެ. އެހެންކަމުން އިންސާނީ މުޖުތަމަޢު އިސްލާހުކުރަން ފެށޭ ހިސާބަކީ އެމީހެއްގެ އަމިއްލަ ނަފްސު ކަމަށް ޚުތުބާގައި ބުންޏެވެ. 

"އިންސާނީ މުޖުތަމަޢު އިސްލާހުކުރަންފެށޭ ހިސާބަކީ ކޮންމެ އިންސާނެއްގެ އަމިއްލަ ނަފްސެވެ. އާއިލާ އާއި މުޖުތަމައު އާއި ގައުމާއި މުޅި ދުނިޔެ އިސްލާހުކުރަންފެށޭ ހިސާބަކީ އެއީ އެވެ. ކޮންމެ އިންސާނެއްގެ ވެސް އަމިއްލަ ނަފްސު އިސްލާހުކޮށްފި ނަމަ، އިންސާނީ މުޅި ހަޔާތް އިސްލާހު ވީއެވެ."

ހުކުރު ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، އިންސާނީ މުޖްތަމައާއި، މުޅި ގައުމު އަމާންވެ، ފަރުދުންގެ ގުޅުންތައް ބަދަހިވެ، ތިޔާގިކަމާއި، އުފާފާގަތިކަން ލިބެން އޮތީ، ތިމާމެންގެ އަމިއްލަ ނަފްސުތައް އިސްލާހުކޮށްގެން ކަމަށެވެ.

އެހެން ކަމުން، މިޤއުމުގެ ކޮންމެފަރުދަކުވެސް އަމިއްލަ ހާލާމެދު، އަދި އަމިއްލަ ނަފްސުގެ އުނކަމާމެދު ފިކުރުކޮށްލުމަށް ޚުތުބާގައި ވަނީ އެދިފައެވެ. 

"މުޅި ޤައުމު އިސްލާއުރުވުން އޮތީ ކޮންމެ ފަރުދެއްގެ އަމިއްލަ ނަފްސުގައި ހުރިނަމަ ހުރި ނުބައިކަމަކާ ދުރުވެގެން ކަން ކަށަވަރެވެ. މިކަން ކަމަށް އޮތް ހަމައެކަނި މަގަކީ، އެހެން މީހުންގެ ކިބައިގައި ހުރި އުނި ކަންތައްތަކާއި އައިބުތަކުގެ ވާހަކަ ދެއްކުމުގައި ވަގުތު ބޭކާރު ނުކޮށް، އަމިއްލަ ނަފްސާމެދު ޚިޔާލު ކުރުމަށް ވަގުތު ހުސްކޮށްލުމެވެ. މާތް اللهގެ ހައްގުތަކަށާއި، އިންސާނުންގެ ހައްގުތަކަށް އަރައިގަނެވުފައިޗާ ކަމަށް އިއުތިރާފް ވުމެވެ. ތިމާގެ ނަފްސުގައި އުނިކަންކަމާއި، ހުތުރުއާދަތައް ހަރުލާފައި އެބަހުރިކަން ޤަބޫލުކޮށް، އެކަންކަމުން މިންޖުވުމުގެ މަގަށް އެނބުރި ރުޖޫޢު ވުމެވެ. އެއީ، ތައުބާވުމުގެ މަގެވެ." ޚުތުބާގައި ބުނެފައިވެއެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.