ހަމަލާއެއްގައި އަނިޔާވި ކުޑަކުއްޖަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
02 Dec 2023 | 10:37
ޣައްޒާއަކީ ކުޑަކުދިނަށް އެންމެ ނުރައްކާތެރި ތަން: ޔުނިސެފް

ފަލަސްޠީނުގެ ޣައްޒާއަކީ މުޅިދުނިޔެއިންވެސް ކުޑަކުދިނަށް އެންމެ ނުރައްކާތެރި ތަން ކަމަށް ޔުނިސެފުން ބުނެފިއެެވެ.

ޔުނިސެފްގެ އެކްސެކެޓިވް ޑިރެކްޓަރ ކެތަރިން ރުސެލް ނެރެފައިވާ ބަޔާނެއްގަައި ބުނެފައިވަނީ މިއަދު އަނެއްކާވެސް ޣައްޒާ ވެފައިމިވަނީ މުޅިދުނިޔެއިންވެސް ކުޑަކުދިނަށް އެންމެ ނުރައްކާތެރި ތަނަަށްވެފައި ކަމަށެވެ.

ހަތްދުވަހުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ހަމަލާތައް ފަށައިފައިވާ ކަމަށާއި، އަނެއްކާވެސް ގިނަ ޢަދަދެއްގެ ކުދިން ޝަހީދުވެގެންދާނެ ކަމަށެވެ.

“ހަމަލާތައް މެދުކަނޑާލުމުގެ ކުރިން 48 ދުވަހުގެ ތެރޭގައި، 5300 ފަލަސްޠީނުގެ ކުޑަކުދިން ޝަހީދުވެފައިވޭ، މިއީ ޢިމާރާތް ތަކުގެ ދަށުވެގެންނާއި އެހެނިހެން ގޮތް ގޮތުން ގެއްލިފައިވާ ކުދިން ނުހިމަނާ ވާ ޢަދަދެއް” 

ކެތަރިން ބުނެފައިވެެއެވެ.

ކެތަރިންގެ ބަޔާނުގައި އަނިޔާވެރިކަން މިދަރަޖައަށް ގެންދަން ވާނެތޯ ސުވާލުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކުރިއަށް މިއޮތް ދުވަސްތަކުގައި ކޮންމެދުވަހަކު، އެތައް ސަތޭކަ ކުއްޖަކު ޝަހީދުވެސް އެތައް ކުއްޖަކު ޒަޚަމް ވާނެ ކަމަށް ލަފާކުރާ ކަމަށް ކެތަރިން ބުނެފައިވެއެވެ. މީގެ އިތުރުން ފެނާއި، މެޑިކަލް ސަޕްލައިސް، ރަޖާ، ފިނީގައި ލާނެ ހެދުން ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްނުދެވިއްޖެނަމަ ބޮޑު އިންސާނީ ކާރިސާއެއް ފެށިދާނެ ކަމަށްވެސް ކެތަރިންް ބުނެފައިވެއެވެ.

“ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވަނީ ހަމަލާތައް ހުއްޓާލައިފައިވާ މުއްދަތު ދިގުދެމިގެންދާ ގޮތައް ވެގެންދިއުން” 

ކެތަރިން ބުނެފައިވެެއެވެ.

ހަމަމިއާއި އެކު ހިނގަމުންމިދާ ހަމަލާބަދަލުކުރުން ތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށްވެސް ގޮވައިލައިފައިވަނީ ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައި ދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.