ހިމަބިއްސާއި ރުބެއްލާ ވެކްސިންގެ ގައުމީ ކެމްޕެއިން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް އިފްތިތާހްކޮށްދެއްވުމުގެ ތެރެއިން-- ފޮޓޯ: އެޗްޕީއޭ
ހަބަރު
02 Dec 2023 | 12:20
ހިމަބިއްސާއި ރުބެއްލާ ވެކްސިންގެ ގައުމީ ކެމްޕެއިނެއް ފަށައިފި

ހިމަ ބިހި ނުވަތަ މީސްލްސް އައި ރުބެއްލާ އިން ރައްކާތެރިވުމުގެ ގޮތުން ދޭ ވެކްސިންގެ ގައުމީ ކެމްޕެއިން މިއަދު ފަށައިފިއެވެ.

މި ކަމާއި ބެހޭގޮތުން ހެލްތު ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވާފައިވަނީ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމްކަމަށެވެ.

މިއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ) އަދި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ) ގުޅީގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

މި ކެމްޕެއިންގެ މަގްސަދަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކުޅުދުއްފުށީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. ކުރިއަށް އޮތް ދެހަފުތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

2017 ވަނަ އަހަރު ރާއްޖެއިން ހިމްބިހި ނައްތާލި ނަމަވެސް 2020 ވަނަ އަހަރު ހިމަބިހީގެ ކޭސްތަކެއް ފެނިފައިވެއެވެ. މިކަމަށް ކެމްޕެއިނެއް އެއަހަރު ފެށިނަމަވެސް ކޮވިޑުގެ ބަލިމަޑު ކަމާއި ހެދު ކެމްޕެއިން ވަނީ މެދުކަނޑާލާފައެވެ.

2020 ވަނަ އަހަރު ރާއްޖެއިން  ރުބެއްލާވެސް ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މީސްލްސް އަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ދެލޮލުން ފެން އައުން ހިމެނެއެވެ.  ރުބެއްލާ އަކީ ވެސް ވައިރަހަކުން ޖެހޭ ބައްޔެކެވެ. މިބަލީގެ އަލާމާތް ތަކުގެ ތެރޭގައި ކަރު ތެރޭގައި ރިއްސުމާއި ގައިގެ އެކި ހިސާބުތަކުގައި ބިހިތަކެއް ނެގުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.