ޚާން ޔޫނިސް އަށް ދިން ހަމަލާތަކުގައި ގެތައް ހަލާކުވެފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
02 Dec 2023 | 13:43
މުޅި ސަރަހައްދު އެކުއެކީ ހަފުސް ކޮށްފި: ޚާން ޔޫނިސްގެ ރައްޔިތެއް

ފަަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ހުކުުރުދުވަހު ޚާންޔޫނިސް އަށް ދިން ހަމަލާތަކުގައި މުޅި އެސަރަހައްދު އެއްކޮށް ހަފުސް ކޮށްލައިފައިވާ ކަމަށް އެސަރަހަައްދުގެ ރައްޔިތަކު ބުނެފިއެވެ.

އަލްޖަޒީރާ އާއި ވާހަކަ ދައްކަމުން އަމަލް އަބޫ ދައްޤާ ބުނެފައިވަނީ ހަމަލާ ދީފައިވަނީ މީހުންތައް ނިދިން ނުހޭލެވިގެން އުޅެނިކޮށް ކަމަށެވެ.

“އަހަރެން އަވަސްވެގަތީ މަގުމައްޗަށް ނުކުންނަން، ރަނގަޅަށް ހެދުންވެސް ނުލެވޭ އޭރު، އަހަރެން ހެދުން ލީވެސް މަގުމަތީގައި ހުރެ، އޭރު އަހަރެމެން ދިރިއުޅޭ މުޅި ސަރަހައްދު އެއްކޮށް ހަފުސްވެއްޖެ” 

21 އަހަރުގެ އަމަލް އަލްޖަޒީރާއަށް ބުނެފައިވެއެވެ.

“އަހަރެން އޮތީ ނިދާފަ، ހޭލެވުނީ ގާތައް ވެއްޓޭ އަޑަށް، އޭގެ ފަހުން އަހަންނަށް އިވުނީ އަހަރެންގެ ކޮއްކޮމެންގެ ރުއިމުގެ އަޑު، އެހެންވެ އެމީހުންގެ ގާތަށް ދިޔައިން، ދެން އިވުނީ މީހުންތައް ކޮންނަ އަޑު، އެމީހުން އަހަރެމެންނާއި ހިސާބަށް ކޮނެ، އަހަރެެމެން ސަލާމަތްކުރީ” 10 އަހަރުގެ ރީމް އަލްޖަޒީރާ އަށް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން އަލްޖަޒީރާގައި އިޒްރާއިލް ސިފައިން ބުނި ކަމަށް ބުނެފައިވަނީ އެމީހުން ޚާން ޔޫނިސްގެ ދެކުނުގެ 400 ދިމާއަކަށް އަމާޒުކޮށް ހަމަލާދީފައި ވާކަމަށެވެ. އެއީ އެތައް ހާސް ޢާންމު ރައްޔިތުން ތަކެއް ދިރިއުޅެމުންދާ ސަރަހައްދެކެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.