އެވޯޑް ހާސިލް ކުރި ފަރާތް ތަކާއި އެކު ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް-- ފޮޓޯ: މޯލްޑިވްސް ބޯޓިން އެސޯސިއޭޝަން
ހަބަރު
02 Dec 2023 | 21:42
މޯލްޑިވްސް ބޯޓިން އެވޯޑް ދިނުމުގެ ހަފްލާ ބާއްވައިފި

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ މޯލްޑިވްސް ބޯޓިން އެވޯޑް ދިނުމުގެ 7 ވަނަ އެވޯޑް ހަފްލާ ބާއްވައިފިއެވެ.

މި ހަފްލާ ބާއްވާފައި ވަނީ ކުރުނބާ މޯލްޑިވްސް ރިސޯޓްގައެވެ. މި ހަފްލާގައި ބޯޓިން ސިނާއަތުގެ ތެރެއިން 31 ކެޓަގަރީއަކަށް އެވޯޑް ދީފައިވާއިރު ވަކި ފަރުދުންނަށް ވަނީ 8 ކެޓަގަރީއަކުން އެވޯޑް ދީފައެވެ.

ބޯޓިން އެސޯސިއޭޝަންގެ ފްލެގްޝިޕް އިވެންޓުގައި، މި ޝަރަފުވެރި އެވޯޑަށް ވަނަތައް ހޮވާފައިވަނީ މި ދާއިރާގެ ތަޖުރިބާހުރި ފަނޑިޔާރުން ގެ ޓީމަކުން ދިން ޕޮއިންޓާއި އޮންލައިންކޮށް ނެގުނު ވޯޓު ހިމަނައިގެންނެވެ.

ފަނޑިޔާރުންގެ ޓީމުގައި ހިމެނޭ ފަރާތްތަކަކީ އަހްމަދު ޖާބިރާއި، އަބްދުﷲ ހަމީދް އަލީ އާއި،ސައިފުﷲ ސައުދާއި، އަލީ އިބްރާހިމާއި، ޝައްމޫން ޝަރީފް ގެ އިތުރުން ކެޕްޓަން އާދިލް ރަޝީދެވެ. 

ވަކި ފަރުދުންނަށް ދޭ 8 އެވޯޑުގެ އިތުރުން 31 ކެޓަގަރީއަކަށް އެވޯޑް ދޭ މިހަފްލާގައި މިއަހަރު 130 ފަރާތަކުން ވަނީ އެވޯޑަށް ހުށައަޅާފައެވެ.

 މީގެ އިތުރުންވެސް ބޯޓިން އިންޑަސްޓްރީއަށް ކޮށްދެއްވި  އަގުހުރި ޚިދުމަތްތަކުގެ ސަބަބުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަލަށް އިންތިހާބުވި ރައީސް އަލްފާޟިލް އާމިރު މަންސޫރަށް އަހަރުގެ އެންމެ މޮޅު ބޯޓިން ޕާސަނަލިޓީގެ ޝަރަފު ލިބިވަޑައިގެންފައިވާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މި އަހަރުގެ އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލެވެ.

އެބޭފުޅާގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަލްފާޟިލް ޔޫސުފް މާނިއު މުޙައްމަދުވެސް މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް މި ހަފްލާގައި ބޯޓިން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއި ޕާޓްނަރުންނާއި ސްޕޮންސަރުންގެ އިތުރުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުން މި ހަފްލާގައި ވަނީ ބައިވެރިވެފައެވެ.

2016 ވަނަ އަހަރު ދޭންފެށި މި އެވޯޑަކީ ، ވިޔަފާރި އަދި އިމާރާތްކުރުމުގެ ދާއިރާއިން ބޯޓިން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭން ފެށި އެވޯޑެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.