ބޯޓިން އެވޯޑު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ސަން
ހަބަރު
03 Dec 2023 | 08:22
ބޯޓިން އެވޯޑުގައި އެންމެ ގިނަ އެވޯޑު އެމްޓީސީސީއަށް

ޤައުމީ ބޯޓިން އިންޑަސްޓްރީއިން ބޭއްވި މިއަހަރުގެ ބޯޓިން އެވޯޑުގެ އެންމެ ގިނަ އެވޯޑު ލިބުނު ކުންފުންޏަކީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށެވެ. 

ކުރުބާ މޯލްޑިވްސް ރިސޯޓުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ ބޯޓިން އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ބައިންނާއި އަމިއްލަ ފަރާތްތަކުގެ ކެޓަގަރީން 39 އެވޯޑެއް ވަނީ ދީފައެވެ. 

މި ރަސްމިއްޔާތުގައި އެންމެ ގިނަ އެވޯޑު ލިބުނު ކުންފުންޏަކަށް އެމްޓީސީސީ ވެގެން ގޮސްފައިވާއިރު، އެ ކުންފުންޏަށް ވަނީ ޖުމްލަ ް5 ކެޓަގަރީއަކުން އެވޯޑު ލިބިގެން ގޮސްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

1. މެރިން އިންޖިނިއަރިން ސާވިސް ޕްރޮވައިޑާ އޮފް ދި އިޔާ

2. ޑޮކްޔާޑް/ ސްލިޕްވޭ އޮފް ދަ އިޔާ

3. މޯސްޓް ޕްރިފާޑް މެރިން އިންޖީން ބްރޭންޑް އޮފް ދަ އިޔާ (މެއިން އިންޖީން)

4. ބެސްޓް ލޯކަލް ފެރީ ސާވިސް ޕްރޮވައިޑާ

5. ބެސްޓް އިންޖިނިއަރިން

އެމްޓީސީސީއަށް ބެސްޓު އިންޖިނިއަރިން އެވޯޑު ލިބިފައިވަނީ އަމިއްލަ ފަރާތްތަކުގެ ކެޓަގަރީތަކުގެ ބައިންނެވެ. 

ޤައުމީ ބޯޓިން އެވޯޑަކީ އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން 2016 ވަނަ އަހަރު ފަށައިގެން ކުރިއަށް ގެންދާ އެވޯޑެކެވެ. 

އެހެން ނަމަވެސް ކޯވިޑްގެ ދުވަސްވަރު އެ އެވޯޑު ދިނުން މެދުކެނޑިފައި އޮތުމަށްފަހު މިދިޔަ އަހަރު ވަނީ އެ އެވޯޑު އަލުން ދޭން ފަށައިފަ އެވެ. 

ބޯޓިން އެސޯސިއޭޝަނުން މައުލޫމާތު ދިން ގޮތުގައި މިފަހަރު އެވޯޑު ލިބުނު ފަރާތްތައް ހޮވާފައި ވަނީ އޮންލައިންކޮށް ލިބޭ ވޯޓުތަކާއި ޖަޖުންގެ ޕެނަލްއަކުން ދިން މާކްސްއަށް ބަލައިގެންނެވެ. 

މިއަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. 

އޭގެ އިތުރުން މި ރަސްމިއްޔާތުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް