ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދޮނަމް. ފޮޓޯ: ގޫގްލް
ދުނިޔެ
03 Dec 2023 | 12:11
ޣައްޒާގެ ހޮސްޕިޓަލްތަކުގެ ހާލަތު ތަޞައްވުރު ކުރަންވެސް ދަތި: ޑަބްލިޔުއެޗްއޯ

ފަލަސްޠީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކުގެ ޙާލަތު ތަޞައްވުރު ކުރަންވެސް ދަތި ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަަން(ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދޮނަމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޣައްޒާގެ ނުސައިރަތް ހޮސްޕިޓަލަށް ޑަބްލިޔުއެޗްއޯގެ ޓީމުން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އެހޮސްޕިޓަލްގައި މިވަގުތުވެސް 1000 ބަލިމީހުން ފަރުވާ ހޯދަމުން ދާ ކަމަށެވެ. އަދި އެ ޢަދަދަކީ އެހޮސްޕިޓަލުން އަސްލު އެހޮސްޕިޓަލުން ފަރުވާ ހޯދޭ ޢަދަދަށް ވުރެ 3 އިންސައްތަ އިތުރު މިންވަރެެއް ކަމަށެވެ.

މީގެއިތުުރުން އެ ހޮސްޕިޓަލްގެ ހުރިހާ ކަނެއްގައި މީހުން ބޯހިޔާވަހިކަން ހޯދަމުން ދާ ކަމަށާއި، އެޢަދަދު ބުނަން ނޭނގޭ ކަމަށެވެ.

“އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގެ ބިންމަތީގައި، އެމީހުން ދަނީ އަޅާ ވޭނުން ހަޅޭއްލަވަމުން” ޓެޑްރޮސް ވިދާޅުވެފައިވެއެވެ.

ޓެޑްރޮސް އިތުރަށް ވިދާޅުވެފައިވަނީ ހޮސްޕިޓަލް ތަކުގެ މި ޙާލަތު ތަކަކީ ތަޞައްވަރު ކުރަން އުނދަގޫ ޙާލަތްތަކެއް ކަމަށެވެ.

“އަހަރެމެންނަށް މިފެނުނު މަންޒަރުތައް ބުނެދޭން ބޭނުންކުރާނެ ބަހެއްވެސް ނޭނގޭ” ޓެޑްރޮސް ވިދާޅުވެފައިވެއެވެ.

ޓެޑްރޮސް ވަނީ ވަގުތުން ވަގުތައް ހަމަލާތައް ހުއްޓާލުމަށް ގޮވައިލައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.