ޣައްޒާގެ ސްކޫލެއްގައި ވަގުތީ ހިޔާ ހޯދަމުންދާ ބަޔަކު ކާތަކެތި ތައްޔާރުކުރުމުގައި. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
03 Dec 2023 | 15:31
ޣަައްޒާގެ އާންމުން ވަގުތީ ހިޔާ ހޯދަމުންދާ އ.ދގެ ސްކޫލެއްގައި ހެޕަޓައިޓިސް އޭ ފެތުރެނީ

ފަލަސްޠީނުގެ ޣައްޒާގައި އާންމުން ވަގުތީ ހިޔާ ހޯދަމުންދާ އ.ދގެ ސްކޫލެއްގައި ހެޕަޓައިޓިސް އޭ ފެތުރެމުން ދާ ކަމަށް ބުނެފިއެވެ.

އަލްޖަޒީރާގައި އދ.ގެ ޑިރެކްޓަރ ތޯމަސް ވައިޓް އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ޢައްޒާގެ ޙާލުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ބަޔަކު ވަގުތީ ހިޔާ ވަހިކަން ހޯދަމުންދާ އދ.އިން ހިންގާ ސްކޫލެއްގައި ހެޕަޓަޓިސް އޭ ފެތުރެމުންދާ ކަމަށާއި، އަދި އެބަލިމަޑުކަން ބާރުމިނެއްގައި ފެތުރުމުގެ ބިރުވެރިކަން އެބައޮތް ކަމަށެެވެ.

“ސާފުތާހިރުވެވޭނެ ގޮތް އޮތުން ވަރަށް މުހިންމު، ގިނަ ޢަދަދެއްގެ ބައެއް އެއްކްލާސް ރޫމްތެރޭގައި ތޮއްޖެހިފަ، ބަލި ފެތުރިދާނެ ކަމުގެ “ރިސްކު” ވަރަށް ބޮޑު، އެސްކޫލްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކަށް ވެސް މިހާރު ވަނީ ނުކަތާވަރުވެފަ، 125 މީހުން ދަނީ އެއް ފާޚާނާ ބޭނުން ކުރަމުން” ތޯމަސް ބުނެފައިވެއެވެ.

ހެޕަޓައިޓިސް އޭ އަކީ ހަލުވި މިނެއްގައި ފެތުރޭ މޭގައި ކުރުމުއްދަތަކަށް އުފެދޭ އިންފެކްޝަނެކެވެ. މިބަލި ފެތުރެނީ މާބޮޑަށް ގައިގޯޅި ކޮށް އުޅެން ޖެހުމާއި ރައްކާތެރިނޫން ގޮތުގައި ތައްޔާރުކޮށް ބޭނުންކުރެވޭ ކާބޯތަކެތީގެ ސަބަބުންނެވެ.

ޣައްޒާގެ ގިނަ ބަޔަކު މިހާރު ބޯހިޔާ ވަހިކަން ހޯދަމުންދަނީ ސްކޫލް ތަކާއި ހޮސްޕިޓަލް ތަކުންނެވެ. މިފަދަ ހުރިހާ ތަނެއްގައިވެސް ތަނާއި އެކަށީގެން ނުވާ ވަރަށް މީހުން ދަނީ ދިރިއުޅެމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.