މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު-- ފޮޓޯ: މޯލްޑިވް ގޭސް
ހަބަރު
03 Dec 2023 | 17:01
މޯލްޑިވް ގޭހުގެ ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ގުރުއާން ކިޔަވާ ގޮތަށް ހަމަޖައްސައިފި

މޯލްޑިވްސް ގޭހުގެ ހުރިހާ ސެންޓަރެއްގައި ވެސް ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ގުރުއާން ކިޔެވުމުގެ އިތުރުން ގައުމީ ސަލާމް ކިޔާ ގޮތަށް، އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު މިއަދު ހަމަޖައްސަވައިފި އެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން މާލޭގައި ހުންނަ މޯލްޑިވް ގޭހުގެ މައި މަރުކަޒުގައި މުވައްޒަފުންނާ އެކު މިއަދު ހެނދުނު ބޭއްވި ފުރަތަމަ ބައްދަލުވުން ޤުރުއާނުގެ ބަރަކާތުން ފެއްޓެވީވެސް އަބްދުالله އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ގޭހަކީ އަސާސީ ހިދުމަތެއް ކަމަށާއި، މިފަދަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުންފުނީގެ މުވައްޒަފުން ކުރަނީ ބުރަ މަސައްކަތެއް ކަމަށެވެ.

"ވިއްސާރަ ވިޔަސް، ކިތަންމެ އަވިގަދަ ކަމުގައި ވިޔަސް އަދި ކިތަންމެ ބޮޑު ކަމެއް ގައުމުގައި ހިނގައިގެން އުޅުނު ކަމުގައި ވިޔަސް މޯލްޑިވް ގޭސްގެ ހިދުމަތަށް އެއްވެސް ކަހަލަ ބުރުލެއް ނާރާނެ ފަދަ ގޮތަކަށް މިއަދާ ހަމައަށް މި ގެނެވުނީ ކުންފުނީގެ ކުރީގެ ވެރިންނާއި މިއަދާ ހަމައަށް ކުންފުނީގައި އުޅުނު މުވައްޒަފުންގެ މަސައްކަތުން"

މޯލްޑިވްސް ގޭހުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދު

އަމާޒަކީ މޯލްޑިވް ގޭހަކީ ފައިދާވާ އަދި ރައްޔިތުންނަށް ހެޔޮ އަގުގައި ހިދުމަތް ދޭ ކުންފުންޏަކަށް ހެދުން ކަމަށާއި އެ ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށް ހަދަން މުވައްޒަފުންގެ އެހީއާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.

ކޮމެންޓް
ސަލާހު
މާޝާﷲ
03 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.