ރައީސް ޑރ މުއިއްޒު ދުބާއީ ދަތުރުފުޅަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Dec 2023 | 16:41
އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ގައުމުން އެއްބަސްވެއްޖެ: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ޤައުމުން އެއްބަސްވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. 

އެމަނިކުފާނު މިފަދައިން ހާމަކުރައްވާފައި ވަނީ ތުރުކީއާއި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ ރާއްޖެ ވަޑައިގެން ބެއްވި އެމަނިކުފާނުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޑރ މުއިއްޒު ވަނީ ދުބާއީގައި ކުރިއަށް ދިޔަ ކޮޕް ސަމިޓުގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ޑިޕްލޮމެސީގެ ރިވެތި އުސޫލުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ކުރައްވަމުން ގެންދާ ކަމަށެވެ. 

އެގޮތުން އެ މަސައްކަތް ކުރުމަށް ދެ ގައުމު ޝާމިލުވާ ޓެކްނިކަލް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށާއި، އެ ކޮމެޓީގެ މަސައްކަތްތަކުގެ ތެރެއިން އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަކީ ރާއްޖޭގެ ރައްޔިތުން ނިންމާފައިވާ ޑިމޮކްރެޓިކް ނިންމުމެއްކަން އިންޑިއާއިން ވެސް ގަބޫލުކުރާ ކަމަށާއި، ރައްޔިތުން އެދޭގޮތަށް އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. 

"އޭގެ ކުރިން ކުރެވުނު މަސައްކަތާއި މިއަދާއި ހަމައަށް އައިއިރު ކުރެވުނު މަަސައްްކަތާއި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނަށް އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދަވާނެ ކަމަށް"

ރައީސް ޑރ މުހައްމަދު މުއިއްޒު

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް އަވަސް ކުރުމާއި ގުޅޭގޮތުން ދެ ގައުމު ޝާމިލުވާހެން އކުލަވާލާ ހައިލެވަލް ޓެކްނިކަލް ކޮމެޓީއިން މަޝްވަރާތައްކޮށް ނިންމުންތައް ނިންމާނެ ކަމަށެވެ. 

އޭގެ ސަބަބުން މަޝްރޫއުތައް އަވަސްވެގެން ދިއުމުގެ އިތުރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ވެސް ދެ ގައުމަށް އެއްބަސްވެވޭ ލުއި ގޮތްތަކެއް ހޯދިގެންދާނެ ކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު ފާހަގަކުރި އެއް މަޝްރޫއަކީ މާލޭގެ ކައިރީގައި މި ހިނގާ ބްރިޖް މަޝްރޫއު، ދެން ހުރި މަޝްރޫއުތަކާއި އެކި އެކި ލޯނުތަކުގައި ދިމާވާ ކަންކަމާއި، ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، މިކަންކަމުގައި ވަގުތުން ވަގުތަށް ނިންމުން ނިންމޭ ކަހަލަ ހައިލެވެލް ކޮމެޓީއެއް އެކުލަވާލާ ދެ ގައުމުން އެއްބަސް މިވީ"

ރައީސް ޑރ މުއިއްޒު

ގަވައިދާއި ޚިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނެ ކަމެއްކަން ފާހަގަކޮށް، އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނެކަމަށް ރައީސް ޑރ މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފަ އެވެ. 

އެ މަސައްކަތަކީ އެމަނިކުފާނު ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރައްވާނެ ކަމެއްގެ ގޮތުގައި ވަނީ، އެމަނިކުފާނުގެ ހަފްތާ 14 މަގުޗާޓުގައި ވެސް ހިމަނުއްވާފަ އެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ފުރަތަމަ ދުވަހު އެމަނިކުފާނު ފައްޓަވާފައިވާއިރު، ވަރަށް އަވަހަށް އެކަން ހާސިލްވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.