ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Dec 2023 | 17:32
ޚަރަދަށް ބަލާލަން، ފަސްޓު ކުލާހުގައި ދަތުރު ކުރާކަށް ބޭނުމެއް ނޫން: ރައީސް

ދައުލަތުން ރަސްމީ ދަތުރުތަކަށް ކުރާ ޚަރަދު ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށާއި، އެގޮތުން ރަސްމީ ދަތުރުތައް ފަސްޓް ކްލާހުގައި ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި، އެމަނިކުފާނުގެ ނައިބު ވެސް ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އަނބުރާ ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ތަފްސީލުތައް 15 ދުވަސްތެރޭ ހާމަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. 

އޭގެ އިތުރުން ދަތުރު ޚަރަދު ކުޑަކުރުމަކީ ސަރުކާރުން ޚާއްސަ އަހަންމިއްޔަތެއް ދޭނެ ކަމެއް ކަމަށާއި، އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ނައިބު ވެސް ރަސްމީ ދަތުރުފުޅުދައް ފަސްޓް ކުލާހުގައި ކުރައްވަން ބޭނުންފުޅު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސް ވެސް ނުދާނެ"

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު

އެމަނިކުފާނުގެ ދުބާއީ ދަތުރުފުޅަކީ ފަސްޓު ކުލާސް ދަތުރުފުޅެއް ނަމަވެސް، އެ ދަތުރުފުޅު އެގޮތަށް ކުރައްވަން ޖެހިވަޑައިގަތީ ބިޒްނަލް ކުލާހުގެ ޓިކެޓު ލިބިވަޑައިނުގެންނެވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ބޭނުންފުޅުވެލައްވަނީ ފަސްޓް ކުލާސް ދަތުރުފުޅުތައް ކުރެއްވުމަށް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި ދަތުރުފުޅުތަކުގެ ބޭނުމެއްކަމުގައި ހައްދަވާނީ ރައްޔިތުންނަށް ލާބައާއި މަންފާވާނެ ކަންކން ހޯދައިދީ، ރާއްޖޭގެ ތަރައްގީއަށް މަހުފަހިވާނެ ކަންކަން ހޯދުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވަނީ ދަތުރު ޚަރަދުތައް ކުޑަކުރުމަށް، ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދުތައް ވެސް މަދުކޮށް، ކޮންމެހެން ހިމަނަން ޖެހޭ ބޭފުޅުން ނޫން ބޭފުޅުން ނުގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ޒަމީރު
އެހެންވެގެންތޯ ދިވެހި ތާރީޚްގަވެސް ނުކުރާވަރުގެ ބޭކާރު ޚަރަދެއް ހުވާކުރުމުގެ ރަސްމިއްޔާތަށް ކުރެއްވީ، ކާކަށް ދައްކަންތޯ، ދައުވަތުއެރުވި މީހުންގެ ބައިކުޅަބައި ހާޒިރުނުވޭ ދެއްތޯ، ބިންގާއެޅީ ކައްޗަށް އެހެންވީމަ……
05 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.