ފެނަކަ ކޯޕަރޭޝަން
ހަބަރު
03 Dec 2023 | 22:25
ފެނަކައިގެ މުވައްޒަފުންގެ ކުށުގެ ރެކޯޯޑް ސާފުކުރަން އަންގައިފި

ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޯޑް ސާފުކުރުމަށް އެ ކުންފުނީގެ މެނޭޖުމަންޓުން މުވައްޒަފުންނަށް އަންގަވައިފިއެވެ. 

ފެނަކައިގެ މެނޭޖިންގ ޑިިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދުގެ އެންގެވުމުގެ މަތިން މި މަސައްކަތް ފަށައިފައިވަނީ މި ފާއިތުވި ސަރުކާރުގައި ފެނަކައަށް މުވައްޒަފުން ނެގިއިރު ކުށުގެ ރެކޯޑު ސާފުކޮށްފައިނުވާތީ ކަމުގައި އެ ކުންފުނިން ބުނެއެވެ.

މިކަން ކުރުމުގެ މަގުސަދަކީ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި މީގެ ކުރިން ފެނަކައިން މީހުންނަށް ވަޒީފާ ދީފައިިވާއިރު އޭގެތެރޭގައި މަރުގެ މައްސަލައެއްގެ ކުށުގެ ރެކޯޑު އޮތް މީހަކު ވެސް ހިމެނޭތީ ކަމުގައި އެ ކުންފުނީގެ ފަަރާތުން ވޮއިސްއަށް މައުލޫމާތު ދިނެވެ.

އަދި އެފަދަ ކަންކަން ނުހިނގާނެ ކުންފުނީގެ ހިންގުން ބައްޓަން ކުރުމަކީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ކަމަށް އަލަށް އައްޔަން ކުރެވުނުމުޢާޒް މުޙައްމަދު ރަޝީދުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި އެ ކުންފުނިން ބުނެއެވެ. 

ހަމަ އެޔާއެކު ކުށުގެ ރެކޯޑު ސާފުކުރުން މި ހަފުތާގައި ނިންމައިލެވޭނެކަަމަށާއީ  ޖިނާއީ ކުށެއް ސާބިތުވާ މުވައްޒަފުންނާމެދު އެ ކުންފުނީގެ ލީގަލް ޑިޕާޓްމަންޓުން ގޮތެއް ނިންމާނެ ކަމުގައިވެސް ފެނަކައިން ބުނެއެވެ.

ފެނަކައިގައި މިހާރު ވެސް 8,000 އެއްހައި މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި 2,000 މުވައްޒަފުން އެބަ ތިއްބެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ