ހަމަލާތަކުގައި ޝަހީދުވި ބައެއްގެ މައްޗަށް ކަށުނަމާދުކުރަނީ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
03 Dec 2023 | 22:25
އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 15،500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވޭ

އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ ޣައްޒާއަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 15،500 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޣައްޒާގެ 15،523 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

އަލްޖަޒީރާގައި އިތުރަށް ބުނެފައިވަނީ ޣައްޒާއިން ޝަހީދުވި މީހުންގެ ތެރެއިން ހަތްދިހަ ޕަސެންޓް ޝަހީދުންނަކީ ކުޑަކުދިންނާއި އަންހެނުން ކަމަށެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އޮފް ހެލްތްގެ ސްޕޯކްސްޕާސަން އަޝްރަފް އަލްޤުދްރާ ވިދާޅުވެފައިވަނީ 41،316 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި ކަމަށެވެ.

“ފާިއތުވި މަދު ގަޑިއިރުކޮޅުގެ ތެރޭގައި ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން ނެގިފައިވަނީ 316 ޝަހީދުންގެ ހަށިގަނޑާއި، ޒަޚަމްވެފައިވާ 644 މީހެއް، ގިނަ ޢަދަދެއްގެ ބަޔަކު އަދިވެސް ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާނެ” އަޝްރަފް އަލް ޤުދްރާ ވިދާޅުވެފައިވެއެވެ.

ފަލަސްޠީނުގެ ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިކްސް އިން ބުނެފައިވަނީ ހަނގުރާމަ ފެށުނުފަހުން ޣައްޒާގެ އާބާދީގެ 3ބައިކުޅަ ދެބައި ވަނީ ޑިޕްރެޝަންގެ ބަލިމަޑުކަން ތަހައްމަލް ކުރަން ޖެހިފައި ކަމަށެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުން 18 އަހަރާއި 29 އަހަރުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ ގެ އުނދަގޫ ތަހައްމަލް ކުރަމުން ކަަމަށެވެ.

5 އަހަރާއި 17 އަަހަރުގެެ ކުދިން ދަނީ އެންޒައިޓީގެ އުނދަގޫ ތަހައްމަލް ކުރަމުން ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.