އާޒިމާ މޭޔަރު ކަމަށް ކުރިމަތިލާ ފޯމު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއި ހަވާލުކޮށްދެއްވަނީ--
ހަބަރު
03 Dec 2023 | 22:31
މާލެ ސިޓީ ކައުންސިލް ގެ މޭޔަރު ކަމަށް އާޒިމާ ފޯމު ލައްވައިފި

ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ އައިޝަތު އާޒިމާ ޝަކޫރު, ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގެ މޭޔަރު ކަމަށް ކުރިމަތި ލުމަށް ފޯމު ހުށައަޅައިފިއެވެ.

ޕީއެންސީގެ ފަރާތުން މި ފޯމާއި ހަވާލުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ.

ފޯމު ހުށައެޅުމަށް ފަހު ނޫސްވެރިންނާއި ދެއްވި ބަސްދީގަތުމެއްގައި އާޒިމާ ވިދާޅުވީ މިވަގުތު މިއީ ސަރުކާރާއި އެކުގައި މަސައްކަތް ކުރާނެ ހީވާގި، މުރާލި، ކަންކަން ދަންނަ މޭޔަރެއް ގެންނަންވީ ވަގުތު ކަމަށެވެ.

" ޑރ.މުއިއްޒު އެބައޮތް ވަރަށް ފާމް ކޮމިޓްމެންޓަ ތަކެއް މާލޭގެ ރައްޔިތުންނަށް ދެއްވާފައި. އެހެންވީމަ މިގަޑީގައި ސަރުކާރާއި އެކުގައި މަސައްކަތް ކުރެވޭނެ ހީވާގި މުރާލި އަދި ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭގޮތުގައި މާލޭގެ  ހުރިހާ މައްސަލަތައް ހައްލު ކުރުމަށް އެންމެ މުހިންމު ކަންތައް."

އާޒިމާ ޝަކޫރު

މީގެ އިތުރުންވެސް އޭނާ ވިދާޅުވީ މާލެ އަކީ ރާއްޖޭގެ ދެބައި ކުޅަ އެއްބަޔާއި ގާތްކުރާ އަދަދަކަށް ރައްޔިތުން ދިރިއުޅޭ ރަށަށް ވާތީ،ދިވެހި ރާއްޖެ އަށް ކުރިމަތި ވެފައިވާ ބޮޑެތި ގައުމީ މައްސަލަތައް މާލޭގައި ހުރި މައްސަލަތައް ހައްލުނުކުރެވޭހާ ހިނދަކު، ހައްލު ނުވާނެ ކަަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އާޒިމާ ގެ އިތުރުންވެސް މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީން އެމްޓީސީސީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވާދަކުރައްވާއިރު، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ގެ ޕާޓީ ކަމުގައިވާ ޕީއެންސީގެ ފަރާތުން ކުރީގެ ސީޕީ ހުސެން ވަހީދު ކުރިމަތިލައްވާނެ ކަމަށް ރައީސް ޔާމީން ގެ ވަކީލު ޑރ. މުހައްމަދު ޖަމީލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.