ރައީސް ޑރ.މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Dec 2023 | 23:30
ރައީސް ޔާމިންގެ އައު ޕާޓީއާއެކު އަންނަ ގޮންޖެހުން ތަކާއި އެކުވެސް ކުރިއަށް ދެވޭނެ: ރައީސް މުޢިއްޒު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފެއްދެވި ޕާޓީ އާއި އެކު އަންނަ ގޮންޖެހުން ތަކާއި އެކުވެސް ކުރިއަށް ވަޑައިގެންނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ، ޔޫއޭއީގެ ދުބާއީގައި އޮތް ކޮޕް28 ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ގައުމު ކުރިއެރުވުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެކީގައި ގައުމު އިސްކޮށްގެން ދާން ބޭނުންވާނަމަ ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަކީ ވަރަށް ރަނގަޅު ގޮތެއް ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމުގައި ތިއްބެވި ސިޔާސީ ހުރިހާ ވެރިންވެސް ބޭނުންވާނީ ގައުމަށް ރަނގަޅު ގޮތް ވާން. އަޅުގަނޑު މިހުރިީ ، އަޅުގަނޑުމެންނާއި އެކީގައި ގައުމީ ވިސްނުމުގައި ކުރިއަށް ދާން ތިބި ހުރިހާ ބޭފުޅުންނާއި އެކު ކުރިއަށް ދާން."

ރައީސް ޑރ.މުއިއްޒު

އިތުރަށް އެމަނިކުފާނު ވިދާޅުވީ ގޮންޖެހުންތަކާއި ކުރިމަތި ލާން ޖެހެންޏާ އެ ގޮންޖެހުންތަކާއި އެކީގައި ގައުމީ ވިސްނުމުގައި ކުރިއަށް ދާނެ ކަމަށެވެ. އެ ކަމަކީ އެބޭފުޅުންގެ ތެރޭގައި މާ ބޮޑު ކަންތައްތަކެއް އުފެދިގެންދާނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"ޗެލެންޖުތައް ކުރިމަތިވަންޏާ އެ ޗެލެންޖުތަކާ އެކީވެސް އަޅުގަނޑުމެންނަށް ގައުމީ ވިސްނުމުގަ ކުރިއަށް ދެވޭނެ. އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެން ތެރޭގައި މާ ބޮޑެތި ކަންތައްތަކެއް ވެގެން ދާނެ ކަމަކަށް،" 

ރައީސް ޑރ. މުހައްމަދު މުޢިއްޒު 

ރައީސް ޑރ.މުއިއްޒު ވަނީ އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ގައުމާ މުޚާތަބުކޮށް ވިދާޅުވި ފަދައިން އެކުވެރިކަމާއި، ގައުމު އިސްކުރުމުގައި ބައިބައިނުވުމާއި، ގައުމު އިސްކުރުމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ