ދުބާއީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
04 Dec 2023 | 08:36
ތުރުކީއަށް އެކްސްޕޯޓުކުރާ މަހުން ޓެރިފް ކުޑަކުރުމުގެ މަސައްކަތް ފެށިއްޖެ: ރައީސް

ދިވެހިރާއްޖެއިން ތުރުކީއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ދުބއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ފުޅާކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ދެމެދުގައި ވިޔަފާރި ފުޅާކުރުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކުރެވިފައިވާ ކަމަށެވެ. 

މި ކަމުގެ އިތުރު ތަފްސީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވިދާޅުވީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވުނު އެއް ކަމަކީ ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުން ނަގަމުން އަންނަ ޓެރިފް ކުޑަކުރުމާއި، ރާއްޖެއަށް ޚާއްސަ އަގެއް ކަނޑައެޅުމުގެ މަޝްވަރާ ކަމަށެވެ. 

އެ މަޝްވަރާ ކުރެވިފައިވާ އިރު އެކަން ހާސިލްވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

"ވަރަށް ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކޮށްލަން މަހުގެ އެކްސްޕޯޓު، ރާއްޖެއިން ތުރުކީއަށް އެކްޕޯޓުކުރާ މަހުން މިހާރު ވަރަށް ބޮޑު ޓެރިފެއް މި އޮންނަނީ. ދެން ހަމަ ވަރަށް ޕޮސިޓިވްކޮށް އެކަން އޮތީ ބަލައިގެންފަ. ރާއްޖެއަށް ޚާއްސަ އެކްސެޕްޝަނެއް އޭގަ ދެވޭނެ ގޮތެއް، ރާއްޖެއަށް ކުޑަ ޓެރިފަކާއި ހަމަޔަށް ކުޑަކުރެވޭނެ ގޮތެއް ބަލައި އެކަމަށް އެއްބަސްވެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި"

ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތުކުރީއަށް އެކްސްޕޯޓު ކުރާ ދިވެހި މަހުން ޓެރިފް ކުޑަކުރުމަކީ ދިވެހި މަސްވެރިންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. 

އީޔޫގެ ގައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމަށް ނިމިދިޔަ ސަރުކާރުން ވެސް ވަރަށް މަސައްކަތްތަކެއް ކުރައްވާފަ އެވެ. 

އެހެން ނަމަވެސް، އެކަން މުޅިން ކާމިޔާބު ނުވެ ސަރުކާރު ބަދަލުވެފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން ދިވެހި މަސްވެރިން ބާނާ މަސް އެކްސްޕޯޓުކުރާނެ އާ މާކެޓުތަކެއް ހޯދާނެކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވެސް ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ދިވެހި މަސްވެރިކަން ޕްރޮމޯޓުކުރުމަށް އާ އޭޖެންސީއެއް ގާއިމްކޮށް ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރުމަށް ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ވެސް ވަނީ ހިމަނާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.