ޚާންޔޫނިސް އަށް ދިން ހަމަލާތަކުގައި ހަލާކުވެފައިވާ އިމާރާތެއް. ފޮޓޯ:އަލްޖަޒީރާ
ދުނިޔެ
04 Dec 2023 | 10:21
ޚާންޔޫނިސް އަށް ބޮމުގެ ވަރުގަދަ ހަމަލާތަކެއް، މުޅި ސަރަހައްދު ފުނޑުވެ ހަލާކުވެފައި

ފަލަސްތީނުގެ ޣައްޒާގެ ޚާންޔޫނިސް އަށް އިޒްރާއިލުން ދިން ވަރުގަދަ ބޮމުގެ ހަމަލާތަކުގައި މުޅި ސަރަހައްދު ފުނޑުފުނޑުވެ، އެތައް ބަޔަކު ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ޚާންޔޫނިސް އަށް ދިން ހަމަލާތަކުގެ ސަބަބުން ގިނަ ބަޔަކު ޝަހީދުވެފައި ވާ ކަމަށާއި އެތައް އިމާރާތެއް ހަލާޚުވެފައި ކަމަށެވެ. އަދި ޝަހީދުވި މީހުންގެ ސީދާ ޢަދަދެއް ސާފުވެފައި ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ޚާންޔޫނިސް އަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހެއްގެ ހަށިގަނޑު. ފޮޓޯ: އަލްޖަޒީރާ

ޚާންޔޫނިސް އަކީ ޣައްޒާގެ އުތުރުން ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލުމާއި ސަލާމަތް ތެރިކަން ހޯދުމަށް ޓަކައި އެސަރަހައްދުގެ 430،000 މީހުން ވަގުތީ ހިޔާވަހިކަން ހޯދަމުން ދިޔަ ސަރަހައްދެކެވެ.

އިޒްރާއިލްގެ ސިފައިން ވަނީ ޣައްޒާގެ ދެކުނުގައި އެމީހުންގެ މިލިޓަރީ އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށް ބުނެފައެވެ. ޣައްޒާގެ އަލް ޝުޖައިޔާ އަދި އަލް ތުއްފާހް ނެއިބަރހުޑްގައި އިޒްރާއިލް ސިފައިން މިލިޓަރީ ރެއިޑް ތަކެއް ހިންގައި ބަޑި ޖެހުން ކުރިއަށް ގެންގޮސްފައިވެއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސް ތަކުގައި އިޒްރާއިލްގެ ހަމަލާ ތަކުގެ މައިގަނޑު އަމާޒަކަށް ޚާންޔޫނިސް ހަދާނެ ކަމުގެ އިންޒާރު ދީފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ
23 Jul 2026
ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު، ތަޞްދީޤުކުރައްވައިފި
މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.