ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް--ފޮޓޯ/އަވަސް
ހަބަރު
04 Dec 2023 | 11:05
ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރިކޯޑް ސާފުކުރަން ހުށަހެޅުމުން ރެކޯޑު ސާފުކުރުމަށް ވަގުތީ ގޮތުން ބަދަލެއް!

ފެނަކައިގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް އެއްފަހަރަ ހުށަހެޅުމުން، ކުށުގެ ރިކޯޑް ސާފުކުރަމުން އައި ގޮތަށް ޕީޖީ އޮފީހުން ވަގުތީގޮތުން ބަދަލު ގެނެސްފިއެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން މިއަދު ބުނީ، އެ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި ޢާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ރިކޯޑް ސާފުކޮށްދޭ ކަމަށެވެ.

ނަމަވެސް، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން، އެނިޒާމު މިވަގުތު ތޮއްޖެހިފައިވާ ކަމަށާ އެކަމުގެ ސަބަބުން އެއޮފީހުން ފޯރުކޮށްދޭ އެހެން ޚިދުމަތްތަކަށްވެސް އިއްޔެ ބުރޫއަރާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. 

ޕީޖީ އޮފީހުން އިތުރަށް ބުނީ، ޢާންމު ގޮތެއްގައި އަހަރަކު، ޕީޖީ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްދެނީ ޖުމްލަ 13 ހާހެއްހައި ފޯމު ކަމަށާ، އިއްޔެ އެކަނި މިއޮފީހުން 3930 ފޯމު ލިބުނު ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް އަހަރަކު އަންނަނާނެކަމަށް އަންދާޒާކުރާ ފޯމުގެ %30 ޕަސެންޓު ފޯމު ކަމަށްވެސް ބުނެފައިވެއެވެ. 

ޕީޖީ އޮފީހުން ބުނީ، އިއްޔެ ހުށަހެޅުނު ފޯމުތަކުގެ ތެރެއިން 3419 ފޯމުގެ ރެކޯޑު ސާފުކޮށްދެވިފައިވާ ކަމަށާ، ނަމަވެސް، އެއީ، ރޭގަނޑާ ހަމައަށް މަސައްކަތްކޮށްގެން ނިމުނު މިންވަރު ކަމަށެވެ.

އެފަދައިން ކަން ކުރުމަކީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މިދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތަގައި އެކަނިކަމުގައި ޕީޖީ އޮފީހުން ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ރަސްމީ ވަގުތު ނިމެންދެން އެދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭނެ ކަމަށާ އެއަށްފަހު ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް އެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެއެވެ. 

މިއާއެކު ޕީޖީ އޮފީހުން ބުނީ، މިހާރު ހުށަހެޅިފައިވާ ފޯމުތައް ކުޑައަޑިވުމުން، ކުރިންވެސް ޚިދުމަތް ދެމުން ގެންދިޔަގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ގެންދާނެ ކަމަށެވެ.

ޕީޖީ އޮފީހުން ވަނީ، ކުށުގެ ރިކޯޑު ސާފުކުރުން ވަގުތީގޮތުން ލަސްވާތީ ޢާންމުންގެ ކިބައިން މަޢާފަށް އެދިފައެވެ. 

ކޮމެންޓް
ދިވެހި ޒުވާނުން
ކީއްކުރާ ކުށުގެ ރެކޯޑެއް މީހާ ބަންދެއްގާ ނެންކަމަށްވާނަމަ އޭނާ އެހުރީ ރަނގަޅަށް. އިސްލާމް ދީނަކީ މާފުކުރެވޭ ދީން الله މާފުކުރާ ކަމެއްގަ ހިފެއްހެއްޓުމުގެ ހައްގެއްކޮބާ އިންސާނުންނަށް
04 Dec 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.