މިނިސްޓަރު ޔުމްނާ މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަންނަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
04 Dec 2023 | 13:27
ސަލްޓަން ޕާކުން ކޮނުނު ރިހި ފައިސާފޮތި ފެނުނު ވެލިފުނި ފަހުން ގެއްލުނު: ޔުމްނާ

ސަލްޓަން ޕާކު މަރާމާތުކުރުމަށް ކޮނުނުއިރު ފެނުނު ރިހި ފައިސާފޮތި ހުރި ވެލިފުނި ފަހުން ގެއްލިފައިވާކަމަށް ކުރީގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ. 

ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި މާލޭގެ ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ފޮތިތަކެއް ހެރިޓޭޖް ޑިޕާޓުމަންޓުގެ ބެލުމުގެ ދަށަށް ދިރާސާކުރުމަށް ގެންދެވުނު ކަމުގެ މައުލޫމާތު ލިބިފައިވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ އެ ފައިސާ ފޮތިތަކުގެ ޖުމްލަ އަދަދާއި، ފައިސާފޮތިތަކުގެ އުމުރުން ވެފައިވާ ދުވަހާއި، އަދި އެ ކޮނުމުގެ ތެރެއިން ފައިސާފޮތިތައް ނޫން އެހެން އެއްވެސް އެއްޗެއްގެ މައުދަނީ ބާވަތެއް ނުވަތަ އާސާރެއް ފެނިފައިވާ ނަމަ ފައިސާފޮތިތައް ހިމެނޭގޮތަށް ވަކިވަކިން އެ ތަކެތީގެ ފޮޓޯއާއި އެކު ހޯދާ ތަފްސީލުކޮށްދެއްވުމަށް ކުރީގެ މިނިސްޓާ އޮތް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުގެ އަރިހުން އެދިވަޑައިގެންފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ތަފްސީލުތައް ލިޔުމުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ ފޮނުއްވަވާފައިވާއިރު، ޔުމްނާ ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ މެމްބަރު އިބްރާހިމް ރަޝީދު އެދިވަޑައިގެންފައިވާ މައުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުން ކުރީގެ ޑިޕާޓުމަންޓު އޮފް ހެރިޓޭޖުން މައުލޫމާތު ދިން ގޮތުގައި މާލޭގެ ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ޕާކުކުގެ ލިލީމަގަށްވާ ފަޅިން ރިހި ފައިސާ ފޮތިތަކަކާއި، މުށި ސީނު ތަށިތަކަކާއި، ގުޅިއެއްގެ ބައިތަކެއް ފެނިފައިވާކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން އޭރު ހިނގަމުން ދިޔަ ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް 15 ޖޫން 2017 ގައި އަންގާފައިވާކަމަށެވެ. 

އެ މައުލޫމާތު ލިބުމާއި ގުޅިގެން އެ ޑިޕާޓުމަންޓުގެ ޓީމެއް ސަލްޓަންޕާކަށް ގޮސް ބަލައި، ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނި ފުރާނައިގެން އެދުވަހުގެ އިރުއޮއްސުމާއި ހަމަޔަށް 96 ފައިސާ ފޮތި ހޯދާފައިވާކަމަށް ޔުމްނާގެ ޖަވާބުގައި ހާމަކޮށްފައި ވެއެވެ. 

އެހެން ނަމަވެސް ޖެހިގެން އައި ދުވަހު އެ ޓީމުން ސަލްޓަން ޕާކަށް ދިޔައިރު، ފައިސާފޮތި ފެނުނު ވެލިފުނިވެސް އެތަނުގައި ނެތްކަމަށް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.

"އެ ފަސްފުނި ފުރާނައިގެން އިތުރު ފައިސާފޮތިތަކެއް ފެނިދާނެކަމަށް ބަލައި، ޖެހިގެން އައި ދުވަހު އެ މަސައްކަތަށް ދިޔައިރު، ފަސްފުނި އެއްގޮށް ގެއްލިފައިވާކަމަށް އެ މަސައްކަތުގައި އުޅުނު މުވައްޒަފުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ"

ޔުމްނާ ލިޔުމުން ފޮނުވި ޖަވާބު

ކުރީގެ މިނިސްޓަރު ޔުމްނާ އިތުރަށް ވިދާޅުވީ ސަލްޓަން ޕާކުގައި ކުރި މަސައްކަތުގެ ތެރެއިން ފެނިފައިވާ 43 ފައިސާ ފޮތްޗެއް 18 އޮކްޓޫބަރު 2017 ގައި އެމްއެންޑީއެފްގެ ފަރާތުން ޑިޕާޓުމަންޓު އޮފް ހެރިޓޭޖާއި ހަވާލުކުރެވިފައިވާކަން ރިކޯޑުތަކުން ފެންނަން އޮތް ކަމަށެވެ. 

އެހެންކަމުން ޖުމްލަ 139 ފައިސާފޮތި ޤައުމީ ދާރުލްއާސާރުގައި މިހާރު އެބައޮތްކަމަށް ޘަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދެއްވާފައިވާ ކަމަށާއި، އެކި ސައިޒުގެ 713 ސީނުތައްޓާއި، ތެޅިފައިވާ ސީނުތަށިތަކެއްގެ ބއިތަކާއި ގުޅިއެއްގެ ބައިތަކާއި ލޯ ތާހެއް 19 ޖުލައި 2017 ގައި ޤައުމީ ދާރުލްއާސާރަށް ލިބިފައިވާކަމަށް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން ޔުމްނާ ހާމަކުރެއްވި ގޮތުގައި އެތަނެތި މިހާރު ބެހެއްޓިފައި ވަނީ އާސާރީ ތަކެތި ބެހެއްޓުމަށް ޚާއްސަ ކުރެވިފައިވާ ސްޓޯ ރޫމުގައެވެ. އަދި އެ ތަކެތި މިހާރު ވަނީ އާސާރީ ތަކެތީގެ ރަޖިސްޓްރީގައި ވެސް ހިމަނާފައިކަމަށް ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ޢަލީ
ފަސްފުނި ދޫކޮށްލާފަ ދިޔައީ ކީއްވެގެންތޯ؟ ފުލުހުން މެދުވެރިކޮށް އެތަނުގެ ސެކިއުރިޓީ ނުބެލެހެއްޓީ ކީއްވެގެންތޯ؟ ފަސްފުނީގެ މައްސަލަ ތަހުޤީގު ނުކުރީ ކީއްވެގެންތޯ؟ ކަމަނާގެ އިހުމާލު ވަރަށްބޮޑު!
04 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.