ޝައިޚުލް އަޒްހަރް ޑރ އަޙްމަދު އަލް ޠައްޔިބް. ފޮޓޯ:އަލްޖަޒީރާ އަރަބިކް
ދުނިޔެ
04 Dec 2023 | 12:34
އަޒްހަރްގައި ކިޔަވާ ފަލަސްޠީނުގެ ދަރިވަރުންނަށް ފީ މަޢާފްކޮށްދިނުމަށް ގޮވައިލައިފި

ޖާމިޢަތުލް އަޒްހަރުގައި ކިޔަވާ ފަލަސްޠީނުގެ ދަރިވަރުންނަށް ކިޔެވުމުގެ ފީ މަޢާފްކޮށްދިނުމާއި އެކޮމަޑޭޝަން ހިލޭ ހަމަޖައްސައިދިނުމަށް ޝައިޚުލް އަޒްހަރު ޑރ އަޙްމަދު އަލް ޠައްޔިބް ގޮވައިލައްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ޝައިޚުލް އަޒްހަރް ޢާންމު ކުރެއްވެވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ވީއެންމެ އަވަހަކަށް އަލް އަޒްހަރުގައި ކިޔަވާ ފަލަސްޠީނުގެ ދަރިވަރުންގެ ކިޔެވުމުގެ ފީ މަޢާފްކޮށްދީ އެދަރިވަރުންނަށް މިޞްރުގެ ޤާހިރާ ގެ އިސްލާމިކް ބާތް ސިޓީ އިން އެދަރިވަރުނަށް ހިލޭ އެކޮމަޑޭޝަން ހަމަޖައްސައި ދިނުމަށެވެ.

އަލް އަޒްހަރުގައި މިވަގުތު ފަލަސްޠީނުގެ 444 ދަރިވަރަކު ދަނީ ކިޔަވަމުންނެވެ. އަދި އަލަށް 75 ދަރިވަރަކު ވަނީ ސްކޮލަރޝިޕް ތަކަށް އެޕްލައި ކޮށްފައެވެ.

ފަލަސްޠީނުގެ ޣައްޒާގައި އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގައި ޣައްޒާގެ އެތައް ބަޔަކު ވަނީ ޝަހީދުވެގެން ގޮސްފައެވެ. އަދި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ޒަޚަމްވެ އެކަށީގެންވާ ފަރުވާ ނުދެވި ތިބި ބައެއް މީހުން ވަނީ ފަލަސްޠީނާއި މިޞްރު ގުޅޭ ރަފާޙް ބޯޑަރު ހުރަސްކޮށް މިޞްރަށް ގެންގޮސްފައެވެ.

ޖާމިޢަތުިލް އަޒްހަރަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ޖާމިޢާއެވެ. އެތަނަކީ ދީނީ އިލްމާއި، ބޭސްވެރިކަމާއި، ވިޔަފާރީގެ ޢިލްމާއި މިފަދަ އެތައް ޢިލްމެއް ފެތުރުމަށް މަސައްކަތް ކުރަމުންދާ ޖާމިޢާއެކެވެ. އިސްލާމީ އެތައް ޤައުމެއްގެ ދަރިވަރުން ދަނީ އަލް އަޒްހަރުން ތައުލީމު ހާސިލް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.