ކޭޕާކް މަންޑޭ-- ފޮޓޯ: މިހާރު
ހަބަރު
04 Dec 2023 | 13:55
މުދާތައް ހޯދަން މަންޑޭ ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުން ނިންމައިފި

ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކެއް އޮޅުވާލައިގެން ވިއްކުމަށްފަހު ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހޯދާފައި ހުރި އަގު ބޮޑު މުދާތައް ހޯދުމަށް އޭނާ ހައި ކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަތުމަށް އެކޯޓުން ނިންމައިފިއެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ ގެ ނިންމުމުގައި ވަނީ މަމްދޫހުގެ ފަރާތުން އެއްވެސް ގާނޫނަކާއި ނުވަތަ ގާނޫނީ އުސޫލަކާ ހަވާލާ ދީފައިނުވާތީ އާއި އިސްތިއުނާފް ކުރެވޭ މައްސަލަ އަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ނެރެފައިވާ އަމުރަކަށް ވާއިރު އެ މާއްދާގެ ދަށުން ނެރޭ އަމުރަކަށް ބުނެވުނު ސުޕްރިމް ކޯޓުގެ ގަޟިއްޔާ ޠަޠުބީގު ކުރެވޭ ގޮތެއް ސާފު ކޮށްދީފައި ނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށެވެ.

ހައި ކޯޓުން މިފަދައިން ނިންމާފާއިވަނިީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގައިވާ 43 ވަނަ މާއްދާ އާއި ހަވާލާ ދީއެވެ. މި މާއްދާ ގައި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ދެ ހާލަތެއް އެ މާއްދާގައި ބަޔާންކޮށްފައިވެ އެެވެ.

މީގެ ތެރެއިން ފުރަތަމަ ހާލަތަކީ, އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ގަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭނެ ކަންކަން ހުރުމެވެ. އަދި ދެވަނަ ހާލަތަކީ, ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނޭ ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައި ވުމެވެ.

ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު މަންޑޭ ދިރިއުޅެމުންދިޔަ އެޕާޓްމެންޓް އަށް ފުލުހުން ވަދެ ފާސް ކުރީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ހޯދައިގެންނެވެ. އެ އެޕާޓްމެންޓުން ފެނުނު އަގުބޮޑު މުދާތައް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔުމުގެ ސަބަބުން މިދިޔަ މަހުގެ 24 ގައި މަންޑޭ ވަނީ އެމައްސަލަ ކޯޓަށް ހުށައަޅާފައެވެ.

އެ އެޕާޓްމަންޓުން ފެނުނު އެތައް މިލިއަން ރުފިޔާގެ އަގު ބޮޑު ތަކެތީގެ ފޮޓޯތަކަކާއި އެކު މަންޑޭގެ މި ދިރިއުޅުމުގެ ވާހަކަތަކެއް ޕީޖީ އޮފީހުން މިދިޔަ މަހުގެ 30 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިއްސާ ކޮށްފައެވެ. މަންޑޭގެ މައްޗަށް 200 އަށްވުރެ ގިނަ ދައުވާ ކުރުމަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް