ޝަހީދު ހުސެއިން އާދަމް ބިލްޑިންގް، ފުލުހުންގެ މައި އިދާރާ. ފޮޓޯ: ވޮއިސް
ހަބަރު
04 Dec 2023 | 18:04
ދިގުރަށު ގޮނޑަށް އެއްލައިލައިފައި އޮތް ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދަށް!

އދ ދިގުރަށު ކުނި ގޮނޑުގައި އެއްލައިލައިފައި އޮތް ކުއްޖާގެ މަންމަ ކަމަށް ބެލެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޙުކުމް ކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމަށެވެ. އަދި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ އިއްޔެ ހެނދުނު 09:20 އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވެފައިވަނީ ގޮނޑުން ފެނިގެން ނަގައިގެން ގެންދިޔަ އިރުވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ކުއްޖާ ބެއްލެއްވި ޑޮކްޓަރު ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން “ވޮއިސް” އަށް މަޢުލޫމާތު ދިން ދިން މީހަކު ބުނެފައިވަނީ، ފެނުނު ކުއްޖާ އަކީ ވޯކް ޕާމިޓް ވިސާގައި އެ ރަށުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ އަންހެނެއްގެ ދަރިއެއް ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއްކަން ކަށަވަރު ނުވާ ކަމަށާ، އެއީ އެރަށު މީހެއްގެ ދަރިއެއް ނޫން ކަން ޔަޤީން ވާކަމަށް އެމީހާ ވަނީ ބުނެފައެވެ.

މި މައްސަލައިގައި މައުލޫމާތު ދިން އިތުރު މީހަކު ބުނެފައިވަނީ ކުއްޖާ ފެނިފައިވަނީ ކުނި ގޮނޑަށް ގެންނަ ކުނީގެ ތެރޭގައި ހުންނަ ދަޅާއި ޕްލާސްޓިކް އަދި އެހެނިހެން ތަކެތި ކޮތަޅުތަކުން ނަގައި ވަކިކުރަމުން ދަނިކޮށް ގެސްޓު ހައުސްތަކުން ގެނެވުނު ކުނި އަޅާފައި ހުރި ބޮޑު ކަޅު ކޮތަޅެއްގެ ތެރެއިން ކަމަށެވެ.

އަދި ފެނުނު އިރު ކުއްޖާގެ ފޫޅުވެސް އޮތީ ނުކަނޑައި ކަމަށާ، އެއީ ފިރިހެން ކުއްޖެއް ކަމަށްވެސް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ކުއްޖާ ފެނުނު މީހުންނާއި ހަވާލާދެމުން އެއީ ދުވަސް ފުރާ ވިހާފައިވާ ކުއްޖެއްކަންވެސް އޭނާ ވަނީ ބުނެފައެވެ.

އެކުއްޖާގެ މަންމަ ފުލުހުން ހައްޔަރު ކޮށްފައިވަނީ އޭނާގެ ޤައުމަށް އަނބުރައި ދިޔުމަށް އެއަރޕޯޓްގައި ހުއްޓައެވެ. ހައްޔަރުކޮށްފައިވަނީ ސްރީލަންކާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. 

އޭނާ ހައްޔަރު ކޮށްފައިވަނީ ގަސްދުގައި ކުޑަ ކުއްޖަކު މެރިކަމުގެ ތުހުމަތުގައެވެ.

އެމައްސަލައިގެ ބަންދާއި މެދު ގޮތެއް ނިންމަން އޭނާ މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އަމުރުކޮށްފައިވަނީ މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ކެންސަރުގެ ފަރުވާއަށާ ޓެސްޓްތައް ހެދުމަށް ބޭރަށްދާ މީހުން 2000އިން މަތީގައި
ރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން އަހަރުން އަހަރަށް އިތުރު ވަމުންދާކަމަށާ މިދިޔަ އަހަރު އެކަނިވެސް ކެންސަރަށް ފަރުވާ ހޯދައި، ބައްޔާ ގުޅޭ ޓެސްޓްތައް ހެދުމަށް 2000 އަށްވުރެ ގިނަ މީހުން ބޭރަށް ދިޔަކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ދރ 071 / މާލެ، ފަތުޙު އާދަމް ޙަސަންފުޅު (44އ) އާއި، ބަންގްލަދޭޝް، ޝާހު އަލްތަބުރް ރަޙްމާން (31އ) އެވެ.
08 Jul 2026
ރައީސް ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައިފި
34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ލިޔުންތެރިންނަށް ތަހުނިޔާ ފޮނުއްވައި ޙައްޤު ބަސް ފެތުރުމަށާއި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔުމަށް ގޮވާލައްވައިފިއެވެ.
08 Jul 2026
ސިއްޙީ ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިއްޖެ
2023 ވަނަ އަހަރާ ބަލައި، އާސަންދަ މެދުވެރިކޮށް ސިއްޙީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާ މީހުންގެ އަދަދު މަދު ކުރެވިފައިވާ ކަމަށް ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
08 Jul 2026
އުރީދޫ އެޕްގެ އޮޓޯޕޭ އިން ފައިސާ ދައްކާ ދުވަސް އިޚްތިޔާރުކުރެވޭ ގޮތް ހަދައިފި
އުރީދޫ އެޕްގެ އޮޓޯޕޭ ފީޗާގެ ދަށުން ކަސްޓަމަރުން ބޭނުންވާ ތާރީޚެއްގައި އޮޓޮމެޓިކުން ބިލްތަކަށް ފައިސާ ދެއްކުމާއި ރީޗާޖްކުރެވޭނެ ގޮތް ހަމަޖައްސައިދީފައިވެއެވެ.
08 Jul 2026
އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ވީއޭއާރުގެ މައްސަލަތައް
އެޓްލާންޓާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި، މިޞްރުގެ މައްޗަށް 3-2 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.
08 Jul 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ
ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.
08 Jul 2026
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި
އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.