ހައި ކޯޓު-- ފޮޓޯ: އަވަސް
ހަބަރު
05 Dec 2023 | 08:08
އަރުހަމް މަރާލިކަމަށް ދައުވާ ކުރެވޭ މީހުންގެ މައްސަލަ އަލުން ބަލަން އަންގައިފި

ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް، މަރާލި މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ, އަލުން ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް މިއަދު އަންގައިފިއެވެ.

އަރުހަމް މަރާލި މައްސަލައިގެ ދައުވާ އުފުލާފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ލ.މާވަށް އެވަރބްލޫގެ، މުޙައްމަދު ވިސާމް އާއި ގދ.ގައްދޫ، ގުންޒަރު، މުޙައްމަދު ސުފްޔާން އާއި ލ. މާވަށް، އަސަރީގެ، މަންޞޫރު ޔޫސުފް އާއި މާލެ، މއ. މަސްފަން، އާޠިފު ރަޝީދެވެ. މީގެ ތެރެއިން ވިސާމްގެ މައްޗަށް އެކަނި ކަމަށް ކްރިމިނަލް ކޯޓުން ނިންމާ، އޭނާ މެރުމަށް ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ކޯޓުން ނިންމީ ބާކީ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

އެހެންނަމަވެސް މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް ފޮނުވުމުން އެ ކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރު ކޮށްފައެވެ.

އެމައްސަލައިގެ އިސްތިއުނާފުގައި ދައުލަތުން ތިން ނުކުތާއެއް ވަނީ ފާހަގަ ކޮށްފައެެވެ.

އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ އަރުހަމް މަރާލި ކަމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހަމަ އެއްހެކިތަކެއް ހުށަހެޅުމުން ، އެހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ފާހަގަކޮށް ހަމައެހެކިތަކުގެ މައްޗަށް ބަލައި، ހަމައެކަނި މުޙައްމަދު ވިސާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު،މުޙައްމަދު ސުފްޔާން އާއި މަންޞޫރު ޔޫސުފް އާއި ޢާޠިފު ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފަައިވުމެވެ.

އަދި މުޙައްމަދު ސުފްޔާން އާއި މަންޞޫރު ޔޫސުފް އާއި ޢާޠިފު ރަޝީދު ކުށްކުރުމުގައި ބައިވެރިވެފައިވާ ގޮތަށް ޤާނޫނީ ހަމަތަކުން ބަލާއިރު، މިތިންމީހުންގެ ޢަމަލަކީ ޤަސްދުގައި މީހަކު މެރުމުގެ ޢަމަލެއްކަމަށް ދައުލަތަށް ފާހަަގަ ކުރެވިފައި ވުމެވެ. 

ހަމައެއާއެކު މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ވީޑިއޯ އެނަލިސިސް ރިޕޯޓުގައި މުޙައްމަދު ސުފްޔާން އާއި މަންޞޫރު ޔޫސުފް ދަނެގަނެވި، ހާދިސާ ހިނގިރޭގެ ފަތިހު 21:13 ހާއިރު ނިއުޗެއިން ފިހާރައިން 3 ވަޅި ގަނެފައިވަނީ މި ފަރާތްތައްކަން ދަނެގަނެވިފައިވާ ކަމަށް ވެސް ހައި ކޯޓުންވަނީ ބުނެފައެވެ.

މީގެ އިތުރުން ޢާޠިފު ރަޝީދު ހިމެނޭހެން 6 މީހަކު މުޙައްމަދު ސުފްޔާން އާއި މަންޞޫރު ޔޫސުފްއާއެކު އެރޭ ޙަރަކާތްތެރިވެފައިވާކަމަށާއި މިފަރާތްތައް ޙަރަކާތްތެރިވި ރޫޓްތައް ބެލިއިރު، މުޙައްމަދު އަރުހަމްގެ މަރާ މި 6 މީހުންނާ ގުޅުހުންހުރިކަމަށް ބެލެވޭކަމަށް ވެސް ހައި ކޯޓުން ވަނީ ބަޔާން ކޮށްފައެވެ.

އެހެންކަމުން  މައްސަލަ ބެއްލަވަން ތިއްބެވި ފަނޑިޔާރު މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ، އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ބައި ބާތިލުކޮށް، ހައިކޯޓުން ފާހަގަކުރި ކަންތައްތަކަށް ރިއާޔަތްކޮށް މައްސަލަ އަލުން ބަލަން އަންގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.