ހަމާސް އިން ހަލާކުކޮށްލައިފައިވާ އިޒްރާއިލްގެ މިލިޓަރީ ވެހިކަލެއް. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
05 Dec 2023 | 09:10
ފާއިތުވި 24 ގަޑިއިރުތެރެގައި އިޒްރާއިލްގެ 28 މިލިޓަރީ ވެހިކަލެއް ހަލާކުކޮށްލައިފި!

ފާއިތުވި 24 ގަޑިއިރުތެރޭގައި އިޒްރާއިލްގެ 28 މިލިޓަރީ ވެހިކަލެއް ހަލާކުކޮށްލައިފައިވާނެ ކަމަށް އަލް ޤަސަމް ބްރިގޭޑްސްގެ ސްޕޯކްސްޕާސަން އަބޫ އުބައިދާ ވިދާޅުވެއްޖެއެވެ.

އަބޫ އުބައިދާ މީޑީއާ ތަަކާއި ވާހަަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޣައްޒާގައި ހަނގުރާމަ ކުރިއަށްދާ ސަރަހައްދު ތަކުގައި ވާ އިޒްރާއިލްގެ 28 މިލިޓަރީ ވެހިކަލެއް ހަލާކުކޮށްލައިފައި ވާ ކަމަށާއި، އޭގެ ތެރެއިން އެއްބައި ވެހިކަލް ތައް މުޅިން އެކަށް ހަލާކުވެފައި ކަމަށެވެ.

އަބޫ އުބައިދާގެ ސްޓޭޓްމަންޓުގައި އިތުރަށް ވިދާޅުވެފައިވަނީ ހަމާސްގެ މުޖާހިދުން އިޒްރާއިލްގެ ޔަހޫދީ ސިފައިންނާއި ކުރިމަތިލައިފައިވާ ކަމަށެވެ. އެގޮތުން “އެންޓި ފޯޓިފިކޭޝަން” ހަތިޔާރާއި “އެންޓި ޕާސަނަލް” ހަތިޔާރުން އިޒްރާއިލްގެ ސިފައިނަށް ހަމަލާތައް ދީ އޭގެތެރެއިން ބަޔަކު މަރައިލައި ފައި ވާ ކަމަށްވެސް އަބޫ އުބައިދާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަބޫ އުބައިދާ ވިދާޅުވެފައިވަނީ ހަމާސްގެ މުޖާހިދުން ރޮކެޓްތަކާއި މޯޓަރ ޝެލްސް ބޭނުން ކޮށްގެން އިޒްރާއިލުން ފަލަސްތީނުގެ ބިމުގައި ވެރިވެގަނެގެން ތިބި އެކި ސިޓީ ތަކަށް ހަމަލާތައް ދީފައިވާނެ ކަމަށެވެ.

ކޮމެންޓް
ކޮރަކަލި
ފަލަސްތީނުގެ މުޖާހިދުންނަ ކާމިޔާބާއި ނަސްރުދެއްވާދޭ
06 Dec 2023
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.