ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
05 Dec 2023 | 11:02
“ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ އަމާޒަކަށް ނުވާ ތަނެއް މިހާރު ނެތް”

ހުޅަނގު އައްސޭރީގައި އިޒްރާއިލްގެ އަމާޒަކަށް ނުވާ ތަނެއް މިހާރު ނެތް ކަަމަށް ހުޅަނގު އައްސޭރީގައި ހުރި ނޫސްވެރިޔަކު ބުނެފިއެވެ.

އަލްޖަޒީރާގައި ނޫސްވެރިޔާ، ޒެއިން ބަސްރާވީ ހުޅަނގުއައްސޭރީގެ ރާމައްﷲ ރިޕޯޓް ކުރަމުން ވިދާޅުވެފައިވަނީ އިޒްރާއިލްގެ ސިފައިން ބައިތްލަހުމް ގައި ހުރި ޕްރިންޓް ކުރާ ފިހާރައަކަށް ވަދެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

“މިތަނުގައި މިހާރު އިޒްރާއިލްގެ “ޓާގެޓް” އަކަށް ނުވާ އެއްވެސް ތަނެއް ނެތް” ޒެއިން ވިދަޅުވެފައިވެއެވެ.

ޒެއިން އިތުރަށް ވިދާޅުވެފައިވަނީ ހުޅަނގު އައްސޭރީގެ ގިނަ ސަރަހައްދު ތަކެއްގައި އިޒްރާއިލް ސިފައިން މެޑިކަލް ރެއިޑް ތައް ހިންގައިފައިވާ ކަމަށެވެ.

އެގޮތުން ޖެނީންގެ ޖެނީން ރެފިޔުޖީ ކޭމްޕާއި، ޖެނީންގެ އަލް ޒަހްރާ ނެއިބަރހުޑް، އަލް ބަސާތީން ނެއިބަރހުޑް، ޖެނީން ހޮސްޕިޓަލް، އަލް އަމްލް ހޮސްޕިޓަލް އަދި ޖެނީންގެ ތަވަލްބާ މިސްކިތުގައި ވެސް ވަނީ މިލިޓަރީ ރެއިޑްތައް ހިންގައިފައެވެ.

މީގެ އިތުރުން ރާމައްﷲގެ ޖަލާޒޫން ނެެއިބަރހުޑް، ޓައުން އޮފް ބައިތް ލިޤްޔާ، ބިދްރުސް އަވަށް އަދި ދެއިރް އަބޫ މިޝްއަލް އަވަށް ހިމެނެއެވެ.

އަަދި ނާބުލުސްގެ އަސްކަރް ރެފިޔުޖީ ކޭމްޕާއި ބައިތްލަހްމުގެ ދެއިޝެޝް ރެފިޔުޖީ ކޭމްޕް ހިމެނެއެވެ.

އިޒްރާއިލުން ޣައްޒާއަށް އޮކްޓޫބަރ 7 ގައި ދޭން ފެށި ހަމަލާތަކާއި އެކު ހުޅަނގުއައްސޭރީގައި ވެސް ޖަރީމާތައް ވަނީ އިތުރުކޮށްފައެވެ. އެގޮތިުން ގިނަ ބަޔަކު ހައްޔަރު ކުރުމާއި، މިލިޓަރީ ރެއިޑް ތައް ހިންގުމުގެ ނަމުގައި އާންމުންގެ ގޭގެ އަށާއި ޢާންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.