04 Mar 2019 | 07:31
މޮޅު ނުވުމުން ވައި ޖެހުނު ގޮތާމެދު ލިވަޕޫލްގެ ކޯޗް ހިތްހަމަނުޖެހުން ފާޅުކޮށްފި

އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން އަދި ލިވަޕޫލް ވާދަކުރި މާސިސައިޑް ޑާބީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެން ނިމިއްޖެއެވެ.

ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި މި ނަތީޖާއާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެވަޓަންގެ ފަރާތުން މޮޅު ޑިފެންސިވް އަދި ހޯލްޑިންގް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމްވަނީ ވަރަށް ގިނަ ފަހަރު މަތިން ލިވަޕޫލް ޕްރެޝަރަށް ވައްޓާލާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރުވެސް އެއްވެސް ޓީމަކަށް އިދިކޮޅު ގޯލައި އަމާޒަކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވުނު މަންޒަރު ފެނިގެން ގޮސްފައެއް ނުވެއެވެ. ލިވަޕޫލްގެ ތަރި ސަލާހްއަށް ގޯލް ޖަހާނެ ރަނުގެ ދެ ފުރުސަތެއް ފަހިވެގެން ދިޔައިރު އެވަޓަންގެ ޑިފެންޑަރުން އަދި ކީޕަރުވަނީ އޭގެން ކޮންމެ ފަހަރަކުވެސް ސަލާހްއަށް ހުރަސްއަޅާ ހަމަލާ ނާކާމިޔާބުކޮށްލާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ އެވަޓަންގެ ޑިފެންސްއަށް ކުޅެމުން އަންނަ މައިކަލް ކީންއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ފުޓްބޯޅައިގެ ދުނިޔޭގައި ކާމިޔާބު ހޯދުމަށް އެއް ފެންވަރެއްގައި ހިފަހައްޓާލުން ވަރަށް މުހިންމު ކަމަށައި އަދި މި މެޗުގައި މޮޅަށް ކުޅެފައިވަނީ ލިވަޕޫލްކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، މެޗުގެ ކުޅުން ކުރިއަށް ދިޔަ ވަގުތު ވައި ޖެހެމުން ދިޔަ ގޮތް އޭނާގެ ޓީމަށް މަދަދުވެރިނުވާ ކަމަށައި ވައި ޖެހުނީ މާ ގަދައަށްކަމަށްވެސް ކްލޮޕްގެ ވާހަކައިގަ ފާހަގަކޮށްފައިވެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް ތާވަލުގެ ދެވަނައިގަ އޮތީ 70 ޕޮއިންޓާއެކީއެވެ. މެންޗެސްޓާ ސިޓީއަށް އެއްވަނަ ލިބެނީ ލިވަޕޫލްއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.