އައިއޭސީގެ ވޮލެންޓިއަރުން ފައިސާގެ އެހީ ބެހުމުގެ މަސައްކަތުގައި. ފޮޓޯ: އައިއޭސީ
ހަބަރު
05 Dec 2023 | 15:31
ޣައްޒާގެ 100 އާއިލާއަކަށް، އައިއޭސީ އިން ފައިސާގެ އެހީ ފޯރުކޮށްދީފި!

ޢައްޒާގެ 100 އާއިލާއަކަށް، އިންޓަރ ނޭޝަަނަލް އެއިޑް ކެމްޕޭނުން ފައިސާގެ އެހީ ފޯރު ކޮށްދީފިއެވެ.

އައިއޭސީ އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގެ 100 އާއިލާއަކަށް 500 ޑޮލަރުގެ މަގުން ވަނީ ފައިސާ ހަދިޔާ ކުރެވިފައެވެ. މި ފައިސާ ހަދިޔާ ކުރެވިފައިވަނީ ޣައްޒާގެ ދެއިރް އަލް ބަލަޙް ސިޓީގެ ޢާއިލާތަކަށެވެ.

އައިއޭސީ އިން ބުނެފައިވަނީ މި ވަގުތު ދެއިރް އަލް ބަލަޙް ސިޓީގެ ބައެއް މާރުކޭޓް ތަކާއި ބައެއް ވިޔަފާރިތައް ހުރީ ހުޅުވައިފައި ކަމަށެވެ.

“މި ފައިސާއަކީ އެ ސަރަހައްދުގައި ދިރިއުޅޭ ޣައްޒާގެ މި ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ “ އައިއޭސީ އިން ބުނެފައިވެއެވެ.

ދެއިރް އަލް ބަލަޙް ގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލި ދިރިއުޅެމުން ދާ ކަމަށް އައިއޭސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައިއޭސީ އިން ބުނެފައިވަނީ އެޖަމިއްޔާއިން ޣައްޒާގައި އެހީ ފޯރުކޮށްދެނީ އެހީއަށް ބޭނުންވާ ރައްޔިތުންގެ ކައިރިން އަހާ އޮޅު ފިލުވުމަށް ފަހު އެމީހުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމަށް އިސްކަން ދީގެން. ކަމަށެވެ.

އިޒްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެހީތެރިކަމަށް ބޭނުން ޖެހެމުންދާ އެކި ދިމަދިމާއިން އެހީ ފޯރު ކޮށްދިނުމަށް އައިއޭސީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.