މިނިސްޓަރ އާދަމް ޝަރީފް އުމަރު-- ފޮޓޯ: ވޮއިސް
ހަބަރު
05 Dec 2023 | 22:44
ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު ރަނުން ރަނަށް ފުއްދަވާނެކަން ޔަގީން: އާދަމް ޝަރީފް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު ރަނުން ރަނަށް ފުއްދަވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަަމަށް މިނިސްޓަރ އޮފް ސިޓީސް،ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

 ރައީސް ޑރ.މުއިއްޒު ހިޔާ ފްލެޓްގެ ކުލި ކުޑަކުރި ކަމަށް ވިދާޅުވެފައިވާ ހަބަރެއް ހިއްސާ ކުރައްވަމުން މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

"ރައްޔިތުންގެ ދިރިއުޅުމަށް ރަނގަޅު އަސަރުކުރާ ގިނަ ކަންކަން ރައީސް ޑރ.މުއިއްޒުގެ ކެބިނެޓް ގައި މިއަދު ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ޒައާމަތުގައި ރައްޔިތުންގެ ކުރިމަގު އުޖާލާ ވާނެކަން ހާމަކޮށްދޭ ކަމެއް!"

މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މިއަދު އެމަނިކުފާނުގެ ކެބިނެޓާއެކު ޕްރެސް ކޮންފަރެންސްއެއް ބާއްވާފައެވެ.

މިކޮންފަރެންސްގައި ސަރުކާރުން ކުރުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތް ތަކާއި އެ މަސައްކަތް ތަކުގެ ތަފްސީލް އެމަނިކުފާނު ވަނީ ނޫސްވެރިންނާއި ހިއްސާކޮށް ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބު ދެއްވާފައެވެ.

މި ޕްރެސް ކޮންފަރެންސްގެ ރައީސް ޑރ.މުއިއްޒު ހިއްސާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމާއި، 1000 ފަޤީރުން ހިލޭ ހައްޖަށް ފޮނުވުމާއި، ގެޒެޓު ކުރި ލިސްޓުގައިވާ ފަރާތްތަކަށް ގޯތި ދޫކުރުމާއި، އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕްވެސް ހިލޭ ހެދޭގޮތަށް ނިންމެވުން ފަދަ އެތައް ކަމެއް ހިމެނެއެވެ.

ރައީސް ޑރ.މުއިއްޒު ވަނީ އެމަނިކުފާނުގެ ކެބިނެޓާއި މެދު ފަޚުރުވެރިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ވ
އެއްމެ ޭނުމީ ރައީސްޔާމީނު މިނިވަންކުރަށްބުނިވައުދު އެއްމެކުރިޔަށްއޮތީވެސް އެވައުދު
06 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.