ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް--ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
06 Dec 2023 | 12:13
އިދިކޮޅުން އުޅެނީ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދޭން ނިންމުމުން އެކަން ހަޖަމުނުވެގެން: ނަސީމް

އިދިކޮޅު ފަރާތްތަކުން އުޅެނީ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެކަންތައް ހަޖަމުކުރަން ދަތިވެގެންކަމަށް، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ގާއިމްވެތިބި އިންޑިއާ ސިފައިން މި ގައުމުން ބޭލުމަށް އެގައުމުން އެބަސްވުމެއް ވެފައިވާ ނަމަ، އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން ކުއްލި މައްސަލައެއް މަޖިލީހަށް މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މަޖިލީހުގެ ޖަލްސާގައި މިކަމަށް ބަހުސް ކުރައްވަމުން ނަސީމް ވިދާޅުވީ، މި މައްސަލައަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި އެތަކެއް މުހިންމު އަދި ފައިދާހުރި ކަންތައްތަކެއް ކުރުމަށް ނިންމާފައިވާތީ، އެކަން ބަލައިނުގަނެވިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެހެންވީމަ ކޮންމެވެސް އެއްޗެއް ވިދާޅުވެ މިތަނަށް މައްސަލައެއް ގެންނަވައިގެން ނޫސްތަކުގެ ހެޑްލައިން ހެދުމަކީ އެއީ ކޮންމެހެން މިއަދު އިދިކޮޅުން ކުރަންޖެހޭ ކަމަކަށްވާތީ އެކަން އެކުރަނީ،

ނަސީމް

އަދުގެ ސަރުކާރަށް ތާއީދުކުރައްވާ ވާހަކަ ދައްވަމުން ނަސީމް ވިދާޅުވީ، މިސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަރުބަލިކަމެއް ނެތިކަމަށާއި، އަދި ބާރު ދުވެއްޔެއްގައި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ދާންފަށާފައިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކަށް މިކަން ބަލައި ނުގަނެވޭކަމަށާއި، އެބޭފުޅުން ބޭނުންވަނީ މި އަޑު ކަނޑުވާލަންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުން ސަރުކާރު ހޮއްވަވާފަ އެއޮތީ ސީދާ ފަސް އަހަރަށް، އެހެންވީމަ ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަންޖެހޭނެ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން،

ނަސީމް

ރައީސް ޑރ. މުއިއްޒު ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ތަކެއް ހޯއްދަވައިދެއްވާ، ރައްޔިތުންގެ ފައިދާއާއި ލާބައަށް ގިނަ ކަންތައްތަކެއް، ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ވަރަށް ވެސް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވާދެއްވާފައެވެ. އަދި އެކަންތައްތައް އެމަނިކުފާނު ވަނީ އިއްޔެ އިއުލާނުކުރައްވާފައެވެ.

އެކަންތައްތަކުގެ ތެރޭގައި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1000 ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށާއި، މެޑިކަލް ޗެކްއަޕަށާއި، ރާއްޖެއިން ބޭރުގައި ހޮސްޕިޓަލް ބަދަލުވާއިރު އަތުން ކުރަންޖެހޭ ޚަރަދާއި، އައި.ވީ.އެފް. ގެ ފަރުވާއަށް އާސަންދަ ދިނުމަށާއި، ކައުންސިލްތަކުން އެދޭ، އެއަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެ ގޮތެއް ހަމަޖައްސަވާދެއްވުމުގެ އިތުރުން، ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ އަގުގެ ގޮތުގައި ދައްކާ އަދަދުތައް ކުޑަކޮށްދެއްވުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.