ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Dec 2023 | 16:00
ސިޔާސަތުތައް ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް އިސްކަންދޭންޖެހޭނެ: މެޑަމް ސާޖިދާ

ސިޔާސަތު އެކުލަވާލުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަކަން ހިމެނުމަކީ ހަމައެކަނި އިޚްތިޔާރެއް ނޫން ކަމަށާއި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކޭޝަން ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވަނީ ލިބެން ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އާ ސިޔާސަތުތައް އެކުލަވާލުމުގައި ވޯކްޝޮޕްގެ ފުރުސަތުގެ ބޭނުން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. އެކަމަނާ އިތުރަށް ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ވެރިކަމަކީ ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ގައުމުގެ ތަރައްގީ ކުރާނެ ވެރިކަމެއް ކަމަށެވެ. 

މީގެ އިތުރުންވެސް ފަސްޓް ލޭޑީ ވިދާޅުވީ މި ސަރުކާރުން ވައުދުވީ ހަމައެކަނި މިންތީގެ ހަމަހަމަ ކަމަށް ނޫން ކަމަށާއި ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އަންހެނުންގެ އިގްތިސާދީ ޙިއްޞާ ކުރިއެރުވުމާއި ސިޔާސީ އަދި އާންމު ދިރިއުޅުމުގައި ބައިވެރިވުމަކީ ވެސް ސަރުކާރުން އަމާޒުކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި ޕާޓްނަރޝިޕް ފޯ ސްޓެޓިސްޓިކްސް، ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (އެމްއޯއެސްއެފްޑީ) އަދި ފޯރ ޑިވެލޮޕްމަންޓް އިން ދަ 21 ވަނަ ސެންޗަރީ (ޕެރިސް 21) އާއި ގުޅިގެން ކުރިއަށް ގެންދިޔަ “ދިވެހި ރާއްޖޭގައި ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމުގެ ސިޔާސަތުގެ ދައުރު” ވޯކްޝޮޕްގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ ދިރާސާ ތަކުން ލިބުނު މައުލޫމާތު ތަކަށް ވަނީ އަލި އަޅުވާލާފައެވެ.

ކޮމެންޓް
ފެއިލް
ކިތައްގުނަ ބާ އަރާނީ ހިތްމޮޅުކަން. ޢެގްރިކަލްޗަރ އެންޑް ބުޅާމިނިސްޓްރީގެ ހާލަތުން ވެސް ދަށައް. މުޅިރާއްޖެއިން ވެސް ހޮވާލާގެން ނުލިބުނޭ ސްޓޭޓް މިނިސްޓަރެއް ލާނެ އަންހެނެއް ބޯހަލާކު.
06 Dec 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.