ސުޕްރީމް ކޯޓު-- ފޮޓޯ:ވޮއިސް
ހަބަރު
07 Dec 2023 | 14:21
ނަދީމް މަރާލިކަން ސާބިތު ނުވެގެން ދޫކޮށްލި މީހުންގެ ބަންދުގެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފި

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު އަބްދުއްރަހީމް މަރާލި މައްސަލައިގައި ދައުވާކޮށް ސާބިތު ނުވެގެން ދޫކޮށްލި ހަތަރު މީހުންގެ ބަންދުގެ މައްސަލަ އަލުން ބަލަން ސްޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.

ދައުވާކޮށް ސާބިތު ނުވެގެން ދޫކޮށްލި ހަތަރު މީހުންގެ ބަންދުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި ހައިކޯޓުގެ މައްޗަށް ހުކުމްކޮށްދިނުމަށްއެދި ސުޕްރީމް ކޯޓަށް ހުށައެޅީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުންނެވެ.

ނަދީމް މަރާލި މައްސަލަ އާއި ދައުލަތުން ފަސް މީހެއްގެ މައްޗަށް ވަނީ  ދައުވާ ކޮށްފައި އެވެ. މިގޮތުން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ, ރ. އިންނަމާދޫ ސަމަންތާ, ހުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް, މުހައްމަދު ކަރަމް ސުހައިލް, އަދި ލ. ގަން ވިދާތަރި, އަލީ ނިފާޒުގެ މައްޗަށް ދައުލަތުން އުފުލިއެވެ.

ހުކުމްގައި މައްސަލަ ބެއްލެވި ފަނޑިޔާރު ހުސްނުސުއޫދު ވިދާޅުވީ ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރީއަތް ނިމެންދެން ދަށު ކޯޓުން ބަންދުކުރުމުން އެ އަމުރު ތަންފީޒު ކުރާނެ ގޮތްތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނާއި ގަވާއިދުތައް އިސްތިއުނާފީ މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކުރާ ހާލަތުގައި ތަންފީޒުކުރަން ހުރަސް އެޅެނީ ކޮން ގާނޫނޫ އިޖުރާތެއް ނެތިގެން ކަމެއް ހައިކޯޓުން ކުރި އަމުރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ޖުލައި 27، 2017 ގައި ހަވީރު ޓާމިނަލް ކެފޭގެ ތެރޭގައި އިންދާ ބަޔަކު އައިސް ނަދީމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލަދީގެންނެވެ.  އޭނާ މަރުވީ އޭނައަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
އާޖެންޓީނާ އާއި މިޞްރު ބައްދަލުކުރި މެޗުގެ ވީއޭއާރުގެ މައްސަލަތައް
އެޓްލާންޓާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗުގައި، މިޞްރުގެ މައްޗަށް 3-2 އިން ކުރިހޯދައި އާޖެންޓީނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.
08 Jul 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ
ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.
08 Jul 2026
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި
އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.
08 Jul 2026
ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސްވިޒަރލޭންޑުން ހޯދިއިރު މިއީ ވޯލްޑް ކަޕް ތާރީޚުގައި އެޓީމް ޕެނަލްޓީ ޝޫޓްއައުޓަކުން ހޯދި ފުރަތަމަ މޮޅެވެ
08 Jul 2026
އުނދަގޫ މެޗަކަށްފަހު އާޖެންޓީނާ ކުއާޓާ ފައިނަލަށް
މިމެޗްގައި ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން މިސްރުން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަރލެންޑާ ދެކޮޅަށެވެ.
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.