އެންޓި ކޮރަޕްޝަން އެކަޑަމީ ތަޢާރަފްކުރުން. ފޮޓޯ:ރައީސް އޮފީސް
ހަބަރު
07 Dec 2023 | 14:33
އެންޓި ކޮރަޕްޝަން އެކަޑަމީ ތަޢާރަފްކޮށްފި!

ޤައުމީ އެންޓި ކޮރަޕްޝަން ކޮމިޝަން އެކަޑަމީ ތަޢާރަފްކޮށްފިއެވެ.

މި އެކަޑަމީ ތަޢާރަފްކޮށްފައިވަނީ މިއަދު ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ.

އެކަޑަމީ އިފްތިތާހްކޮށްދެއްވާފައިވަނީ ރައީސް ޑރ.މުހައްމަދު މުޢިއްޒެވެ.

މިއީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި އުފެއްދި ފުރަތަމަ އެކަޑަމީއެވެ. މި އެކަޑަމީގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ކޮރަޕްޝަނާއި، އިޤްތިސާދީ ކުށްތައް ތަހުޤީޤުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުން ހިމެނެއެވެ.

އެކަޑަމީ އިފްތިތާޙުކުރެއްވުމަށް ފަހު މިޖަލްސާގައި ރައީސް ޑރ މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި މިއެކަޑަމީ އިފްތިތާހްކޮށްދެއްވާފައިވާ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ.

މިއީ ރާއްޖޭގައި ކޮރަޕްޝަނާއި ދެކޮޅަށް މީހުން ބިނާކުރުމާއި މީހުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި އުފެއްދި ފުރަތަމަ އެކަޑަމީއެވެ. މި އެކަޑަމީގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ކޮރަޕްޝަނާއި، އިޤްތިސާދީ ކުށްތައް ތަހުޤީޤުކުރުމާ ގުޅޭ ފަންނީ ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުން ހިމެނެއެވެ.

އެކަޑަމީ އިފްތިތާޙް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2007 ވަނަ އަހަރު އދ.ގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއާހަދާގައި ރާއްޖެ ބައިވެރުވުމަށްފަހު މިވީ މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާކަމަށެވެ. ރައީސް ދެއްވި ޔަޤީންކަމަކީ ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެމަނިކުފާނުގެ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމެވެ.

އަލަށް އުފެއްދި އެކަޑަމީ ފެށިގެން ދިޔުމާއެކު އެކަމަށް ބޭނުންވާ ތަޢުލީމީ ސިޔާސަތުތަކާއި، ކިޔަވައިދޭނެ ކޯސްތަކުގެ މޮޑިއުލްތައް ތައްޔާކޮށްފައިވެއެވެ. އެކަޑަމީ ހިންގުމަށް އެހީތެރިކަން ހޯދަން މެލޭޝިޔާގެ އެންޓި ކޮރަޕްޝަން އެކަޑަމީއާއެކު އެމްއޯޔޫއެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

އެ ޖަލްސާގައި ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތުގެ ގައުމީ ފެންވަރުގެ ދިރާސާ "ނޭޝަނަލް ކޮރަޕްޝަން ޕަރސެޕްޝަން ސަވޭ 2023" ނެރެދެއްވުންއޮތެވެ. އަދި ކޮރަޕްޝަން ރިސްކް ސެލްފް އެސަސްމަންޓް ޓޫލްކިޓް އާންމުކުރުމާއެކު، މޯލްޑިވްސް އެންޓި-ކޮރަޕްޝަން ޓްރަސްޓް ފަންޑު ވެސް އިފްތިތާހު ކުރެއްވުންއޮތެވެ.

އަލަށް އުފެއްދި އެކަޑަމީ ފެށިގެން ދިޔުމާއެކު އެކަމަށް ބޭނުންވާ ތައުލީމީ ސިޔާސަތުތަކާއި، ކިޔަވައިދޭނެ ކޯސްތަކުގެ މޮޑިއުލްތައް ތައްޔާކޮށްފައިވެއެވެ. އެކަޑަމީ ހިންގުމަށް އެހީތެރިކަން ހޯދަން މެލޭޝިޔާގެ އެންޓި ކޮރަޕްޝަން އެކަޑަމީއާއެކު އެމްއޯޔޫއެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.