ރާއްޖެގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މުޒާހަރާ ކުރަނީ. ފޮޓޯ: ވޮއިސް
ހަބަރު
07 Dec 2023 | 16:42
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރަނީ!

ދިވެހިރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީ ޤަވާއިދުގެ މިންގަނޑަށް ފެއްތުމަށް ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފިއެވެ.

އިމިގްރޭޝަނުން ނެރެފައިވާ އިޢްލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އެއިދާރާއިން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފައި ވާކަމަށެވެ.

މިއޮޕަރޭޝަން ތަކުގައި ވިދޭސީންގެ އައިޑެންޓިޓީ އާއި ވީޒާ ޗެކް ކުރުމަށްފަހު އިމިގްރޭޝަން ޤަވާއިދާއި ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އެޅުމާއި، އަދި ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމުގެ އެންމެހާ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މިގެ އިތުރުން އިމިގްރޭޝަން އިން ބުނެފައިވަނީ އެ އިދާރާއިން ކުރިއަށް ގެންދާ އެއޮޕަރޭޝަން ކުރިއަށް ގެންދިޔުމުގެ މަޤްސަދަކީ ރާއްޖޭގައި ޤާވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމަށް މަސައްކަތްކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ޤަވާއިދާއި އެއްގޮތައް ބައްޓަން ކުރުން ކަމަށެވެ.

މީގެއިތުރުން މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، ބޭރުގެ އެމްބަސީތަކާއި، ރައްޔިތުންނާއި އަދި މިކަމާއި ގުޅުންހުރި އެންމެހާ ފަރާތްތައް ޝާމިލްކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އެޅުންކަމަށެވެ.

”މި ޚާއްސަ އޮޕަރޭޝަން ކުރިއަށްދާއިރު، އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، ސައްޙަ ހުއްދައެއް ނެތް ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ޤާނޫނު ތަންފީޒު ކުރަމުންދާނެ ކަމުގައި ދަންނަވަމެވެ،" އިމިގްރޭޝަންގެ ބަޔާނުގައި ވެއެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް އެކި ޤައުމުތަކުގެ ބިދޭސީން އުޅޭއިރު، ޤަވާއިދާއި ޚިލާފަށް އުޅޭ ގިނަ ޢަދަދެއްގެ ބަޔަކު އުޅެއެވެ. މިފަދަ މީހުންގެ މައްސަލަތައް ހައްލުނުކުރެވި އިތުރު އެހެން މައްސަލަތައް ދަނީ އުފެދެމުންނެވެ. ބިދޭސީންގެ ތެރޭގައި ބޮޑެތި ކުށްތަކަށް އަރައި ގަންނަމުންދާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.