ރައީސް ޑރ.މުހައްމަދު މުއިއްޒު ކެބިނެޓް ބައްދަލުކުރެެއްވުމުގައި -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Dec 2023 | 21:03
ބިޑް ކުރުމުގެ ދައުވަތަކާއި ނުލާ ސަރުކާރަށް ޕްރޮޕޯޒަލް ހުށައެޅުމުގެ އުސޫލު އުވާލައިފި

ބިޑް ކުރުމުގެ ދައުވަތަކާއި ނުލާ ސަރުކާރަށް ޕްރޮޕޯޒަލް ހުށައެޅުމުގެ އުސޫލު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އުވާލައްވައިފިއެވެ.

މި އުސޫލު އުވާލިކަން ރައީސް އޮފީހުން ވަނީ އިއުލާން ކޮށްފައެވެ.

މި އިއުލާން ގައި ބުނެފައި ވަނީ މި އުސޫލަށް އަމަލު ކުރަން ފަށާނީ މި އުސޫލު ޝާއިއު ކުރާ ތާރީހުން ފެށިގެން ކަމަށެވެ.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ ޖެނުއަރީ 2019 ގައިއެވެ.

އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މި އުސޫލު ކަނޑައެޅުއްވީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި، ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑުކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގުމަށެވެ.

އޭރު ރައީސް އޮފީހުން ބުނެފައިވަނީ އެގޮތަށް ނިންމީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ވިޔަފާރީގެ ދާއިރާ އާއި ރައްޓެހި މާހައުލެއް ގާއިމުކުރުމުގެ ސިޔާސަތަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.

މިއީ ކޮރަޕްޝަނާއި ފަސާދައަށް ހުޅުވޭ ދޮރެއް ކަމުގައި ބުނެ، މި ކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގައި  މެމްބަރުން އަޑު އުފުލާފައި ވާކަން ފާހަގަ ކޮށްލަން ޖެެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Jul 2026
ވޯލްޑް ކަޕް ކުއާޓާ ފައިނަލްގެ ޓިކެޓް އަގުތައް ބޮޑުތަނުން ވެއްޓިއްޖެ
ޓިކެޓް ވިއްކާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޓިކްޕިކް" އިން ހާމަކުރި ގޮތުގައި، މި އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ކުރިން 2,950 ޑޮލަރުގައި ހުރުމަށްފަހު، އަންގާރަ ދުވަހުގެ މެންދުރުފަހާ ހަމައަށް ވަނީ 1,200 ޑޮލަރަށް ތިރިވެފައެވެ.
08 Jul 2026
މިސްރު ކޯޗުގެ އުދާސްތައް ބަންޑުންކޮށްލައިފި
އެޓްލާންޓާގައި ކުޅެވުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ ފޯރިގަދަ މެޗަށްފަހު، މިޞްރުގެ ކޯޗު ހުސާމް ހަސަން ވަނީ އާޖެންޓީނާ އަތުން ބަލިވި މެޗުގައި އިންސާފުން ބޭރުން ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބުނެ ވަރަށް ބޮޑަށް ފީފާއަށް ފާޑުކިޔާފައެވެ.
08 Jul 2026
ކޮލަމްބިއާ ބަލިކޮށް ސްވިޒަރލޭންޑުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި
ވަރލްޑްކަޕް ކުއާޓާ ފައިނަލުގެ ޖާގައެއް ސްވިޒަރލޭންޑުން ހޯދިއިރު މިއީ ވޯލްޑް ކަޕް ތާރީޚުގައި އެޓީމް ޕެނަލްޓީ ޝޫޓްއައުޓަކުން ހޯދި ފުރަތަމަ މޮޅެވެ
08 Jul 2026
އުނދަގޫ މެޗަކަށްފަހު އާޖެންޓީނާ ކުއާޓާ ފައިނަލަށް
މިމެޗްގައި ރެފްރީންގެ ނިންމުންތަކާމެދު ހިތްހަމަނުޖެހިގެން މިސްރުން ވަނީ އެކަމުގެ ޝަކުވާކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްވިޒަރލެންޑާ ދެކޮޅަށެވެ.
07 Jul 2026
އިތުރު 55 ކޭސް، ހިމަބިހިޖެހުނު މީހުންގެ އަދަދު 121 އަށް
އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އެހެން ކަމުން މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 121 އަށް އަރާފަ އެވެ.
07 Jul 2026
ގާނޫނާ ފުށުއަރާތީ ހދ. އަތޮޅުގައި ބޯޑެއް ހަދަންކުރާ މަސައްކަތް ހުއްޓާލަން އަންގައިފި
ކުޅުދުއްފުށީ ކައުންސިލުން އިސްވެ ހދ. އަތޮޅުގެ ރަށްތައް ހިމެނޭހެން ކައުންސިލުތައް އެކުވެގެން ވަކި ބޯޑެއް އެކުލަވާލައި މަސައްކަތް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް އެލްޖީއޭގެ ސިޓީގައިވެ އެވެ.
07 Jul 2026
ރައީސް މައުމޫންގެ ތާއީދާއި ހެޔޮ ދުއާ އޮތީ މިސްރު ޓީމާއެކު
މިސްރަށް އޮތީ ބޮޑު ލޯތްބެއްކަން ހާމަކުރައްވާ އެ ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާފައިވެ އެވެ.
07 Jul 2026
ހިމަންދޫގައި ދެ ކުއްޖަކު ގެނބުނު ހާދިސާ: ދެ ކުދީން ސަލާމަތްކުރި ހީރޯއިންނަކީ މިއީ
މި ހާދިސާގައި ސަލާމަތްކޮށްފައިވަނީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.