ބަޔަކު ހުކުރު ޚުތުބާ އަޑު އަހަނީ-- ފޮޓޯ/ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ދީން
08 Dec 2023 | 13:29
"ދަރިންނަށް ދުނިޔެވީ ތަޢުލީމް ދޭން މަސައްކަތް ކުރާގޮތަށް ދީން އުގަންނައިދޭން މަސައްކަތެއް ނުކުރެވޭ"

ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށް އަހަރެމެންނަށް ގަދައަޅައި މަސައްކުރެވުމަށް އިސްލާމީ ސައްހަ އަޤީދާ އެކުދިންނަށް އުގަންނައި ދިނުމަށް މަސައްކަތް ނުކުރެވޭ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

''އިންސާނާގެ ހަޔާތުގައި ސައްހަ އަގީދާގެ މުހިއްމުކަން'' މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނީ މައިންބަފައިން އަބަދުވެސް އެބައިމީހުންގެ ދަރިންނާމެދު ފޮނި އުންމީދުތައް ކުރާ ކަމަށާއި، އެ ދަރިން ދީނީ ކަންތައްތަކަށް ހުރުމަށްތެރިކޮށް ހިތައި ކިޔެވުމުގައި މޮޅު އަދި ގައުމާއި މުޖުތަމައަށް ފައިދާކޮށްދޭނެ ކުދިންނަށްވުމަށް އެދޭ ކަމަށެވެ. އަދި މައިންބަފައިން އެ އުއްމީދުތައް ހާސިލުކުރުމަށް ބުރަ މަސައްކަތް ކުރާ ކަމަށާއި ބޮޑެތި ހަރަދުތައް ކުރާ ކަމަށެވެ.

އެގޮތުން ކުދިން ޅަފަތުގައި ކިޔަވައި ދިނުމަށް މައިންބަފައިން މަސައްކަތް ފަށައި، ކިޔެވުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދައިދޭ ކަމަށާއި ގަޑިންގަޑިއަށް އެކުދިން ސްކޫލަށް ފޮނުވުމާއި ގުރުއާން ކިލާސްތަކަށް ގެންދިޔުމުގެ ޒިންމާ ފުރިހަމައަށް އަދާކުރާ ކަމަށާ، އެހެން ނަމަވެސް މިހާރަކަށް އައިސް އެބުރަ މަސައްކަތާއި ބޮޑެތި ހަރަދުތައްކުރާ މައިންބަފައިންގެ ތެރެއިން ގިނަ ބަޔެއްގެ ފޮނި އުންމީދުތައް އެންމެ އެދެވޭ ގޮތުގައި ހާސިލުވަމުން ނުދާކަން ފާހަގަކުރެވޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މައިންބަފައިން މިކުރާ ބުރަ މަސައްކަތް ކާމިޔާބު މަސައްކަތަކަށްނުވާތީ އެކަމާއިމެދު ފިކުރުކޮށް އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަނީ ކިތައް ކިތައް މައިންބަފައިކަމާމެދު ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.

"ދުންޔަވީ ގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށް އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެނެވިފައިވެއެވެ. އަހަރެމެންގެ ދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށް ތަފާތު އެކި ހަރަކާތްތައް ސްކޫލާއި ސްކޫލުން ބޭރުގައި ބޭއްވެއެވެ. މި އެންމެހައި ކަންތައް ތަކުގެ ތެރެއިން އަހަރެމެންނަށް ނުކުރެވޭ އެއް ކަމެއް އެބައޮތެވެ. އެއީ އެކުދިންނަށް އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނެވެ." 

ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އަގީދާއަކީ އީމާންކަމުގެ އަސާސް ކަމަށާއި، އެ އަސާސުގެ މައްޗަށް ދަރިން ތަރުބިއްޔަތު ވެގެން މެނުވީ ރަނގަޅު ޖީލެއް ބިނާ ނުކުރެވޭނެ ކަމަށެވެ. އަދި މާތް الله ރަސޫލު ބޭކަލުން ފޮނުއްވާ، އެބޭކަލުންނަށް ފޮތް ތައް ބާއްވާލެއްވީވެސް އިންސާނުންގެ އަގީދާ ރަނގަޅުކޮށް މާތް الله ނޫން އެހެންފަރާތަކަށް އަޅުކަން ނުކުރުމަށް މީސްތަކުންނަށް އެންގެވުމަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދައަށް ބިންވަޅުނެގިފައިނުވާ ނަމަ އެ ދަރިން އިސްލާމް ދީނާ ހިލާފު އެކިއެކި އޮއިވަރުތަކުގައި ޖެހި ހައްގު މަގުން އެއްކިބާވެގެން ދިއުމަކީ ދާދި ގާތުގައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށް ޣައިރު މުސްލިމުން ކެނޑިނޭޅި އުފައްދާ ޝުބުހަތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީ އެކަމާއިމެދު ސަމާލުވުމަށް ޚުތުބާގައި ވަނީ އެދިފައެވެ. އަދި މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކުރުން އާއްމުވެފައިވާ މިފަދަ ޒަމާނެއްގައި ދަރިންނަކީ ދީނުގެ ފުރިހަމަ މައުލޫމާތު ލިބިފައިވާ އަދި ސައްހަ އަގީދާގެ މަތީގައިވާ ދަރިންކަމުގައިވާނަމަ އެފަދަ ވަސީލަތްތަކުގެ ޒަރީއާއިން އެކުދިންގެ ސިކުނޑިތަކާއި ކުޅެކުމަކީ ފަސޭހަ ކަމަކަށްނުވާނެ ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ޚުތުބާގައި އިތުރަށް ބުނީ ދަރިންނަށް އިސްލާމީ އަގީދާ ކިޔަވައިދިނުމަކީ އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ އެންމެ މުހިންމު މަސްއޫލިއްޔަތު ކަމުގައިވާއިރު، މި މަސްއޫލިއްޔަތު އަދާކުރުމުގައި ބެލެނިވެރިންނާއި ތައުލީމީ މުއައްސަސާތަކުން ފަރުވާކުޑަ ނުކުރުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.