ސްޓެލްކޯގެ ޗެއާމަން އަކަށް އައްޔަނު ކުރެވުނު މުހައްމަދު ލަތީފު--
ހަބަރު
08 Dec 2023 | 20:10
ސްޓެލްކޯގެ އާ ޗެއާމަނަކަށް އެ ކުންފުނީގައި 34 އަހަރު މަސައްކަތް ކުރެއްވި މުހައްމަދު ލަތީފު!

ސްޓެލްކޯގެ އާ ޗެއާމަނަކަށް އެ ކުންފުނީގައި 34 އަހަރު ވަންދެން މަސައްކަތް ކުރެއްވި އަދި އެންމެ ފަހުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމުފުރުއްވި މުހައްމަދު ލަތީފު އައްޔަންކޮށްފި އެވެ.

އިއްޔެ ޕީސީބީން ކުރި އިޢުލާނެއްގައި ވަނީ، ސްޓެލްކޯގެ ޗެއާމަންކަމާއި ޑިރެކްޓަރުންގެ ބޯޑުގައި ހުންނެވި ސ.ހިތަދޫ ލެގޫންވިއު ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމްދީދީ މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އެ މަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ އޭނާ އެ މަގާމުން ވަކިކުރައްވައި އެ މަގާމަށް ވ.މޫދުފެހި މުޙައްމަދު ލަޠީފް ވަނީ އައްޔަންކޮށްފައިވާ ކަމަށް ބުނެފައެވެ.

ލަތީފަކީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަން 10 އަހަރު ވަންދެން ކުރައްވާފައެވެ. އަދި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމުގެ 8 މަސްދުވަހު އަދާކުރައްވާފައިވެއެވެ.

ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވުމަށްފަހު, ލަތީފްގެ އުމުރުން 65 އަހަރު ވުމުން މުސްކުޅި ކުރެއްވީ ނިމިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގައެވެ.

ލަތީފް ސްޓެލްކޯގެ ޗެއާމަން އަކަށް ހަމަޖައްސާފައިވާއިރު، އެސްޓީއޯގެ ޗެއާމަންކަމާއި ޑިރެކްޓަރުންގެ ބޯޑުގައި ހުންނެވި މއ.ޗަބޭލީގެ ޙާމިދު ނަޝީދު އެ މަގާމުން ވަކިކުރައްވައި އެ މަގާމަށް މއ.މަނަސް އާމިރު މަންޞޫރު އައްޔަންކޮށް, އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މަގާމަށް މުޙައްމަދު މުރާދުވެސް އިއްޔެ ވަނީ އައްޔަން ކޮށްފައެވެ.

އަދި އާސަންދަ ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މަގާމަށް ގދ.ފިޔޯރީ މަލަމަތި ފައިޞަލް އިބްރާހިމް ވަނީ އައްޔަން ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް