އެލާގޯ ބްރޭންޑްގެ ސިޓްރަޒިން/ ފޮޓޯ: އިންޓަނެޓް
ހަބަރު
09 Dec 2023 | 13:24
ވިއްކުން މަނާކުރި ސިރަޕް އުފެއްދި ކުންފުނީގެ ސިރަޕް ސެކްޝަން ބަންދުކޮށްފި

ދިވެހި ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކުރި ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުން ކުރާ ދިޔާ ބޭހެއް ކަމަށްވާ އެލާގޯ ސިރަޕް، އުފެއްދި ޕާކިސްތާނުގެ ފާމިކްސް ލެބޯރަޓަރީގެ ސިރަޕް ސެކްޝަން ބަންދުކޮށްފިއެވެ.

މި ބޭހަކީ ތަޣައްޔަރުވެފައިވާ ބޭހެއްކަން ރާއްޖެއިން ރިޕޯޓްކުރުމުން ފާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރޭޕް) އިން ވަނީ އެ ކުންފުނީގެ ސިރަޕް ސެކްޝަންގެ ބަންދުކޮށްފައިކަމަށް ޕާކިސްތާނުގެ "ޑޯން" ނޫހުގައި ވަނީ ރިޕޯޓްކޮށްފައި އެވެ. 

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން ލެބޯޓަރީ ޓެސްޓް ރިޕޯޓް ލިބުމުން އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ޑްރޭޕް އިން އަޅާނެއެވެ.

ކުންފުނީގެ ފަރާތުން "ޑޯން" އާއި ވާހަކަ ދެއްކެވި ފަޔާޒް އަހްމަދު ވަނީ ޑްރެޕް އިން ފާމިކްސް ލެބޯރަޓަރީގެ ސިރަޕް ސެކްޝަން ބަންދު ކުރިކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އޭގެ ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

އެ ކުންފުނިން އުފައްދާ ފަސް ސިރަޕެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތަލީން ގްލައިކޯލް (ޑީއީޖީ) އަދި އިތަލީން ގްލައިކޯލް (އީޖީ) ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮށްފައިވާ އެލާޓްތަކާ ގުޅިގެން ރާއްޖެއިން ވެސް ވަނީ ރެންޑަމްކޮށް ސާމްޕަލް ނަގައި ސްކްރީން ކޮށްފައެވެ.

މި ސްކްރީން ކުރުމުގައި މި ކުންފުނީގެ ބޭސް ތަކުގެ ހުރިހާ ބެޗެއްގައިވެސް ގްލައިކޯލް (ޑީއީޖީ) އަދި އިތަލީން ގްލައިކޯލް (އީޖީ) ހުރުމުގެ ސަބަބުން އެ ބޭހުގެ އެލާގޯ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރު އެމްއެފްޑީއޭއިން ވަނީ މަނާ ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.